English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ މިސީޒަންގައި ކުލަބް ރިކޯޑް ފީ އަކަށް އެ ކުލަބް އާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމުން ފްރޮސިނޯނޭ ބަލިކޮށް ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އިން 14 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި ރޭ މި ދެ ޓީމް ކުޅުނު ފޯރިގަދަ މިމެޗް ޔުވެންޓަސް އިން ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ރޭގެ މިމޮޅާ ޔުވެންޓަސް 24 މެޗުން 66 ޕޮއިންޓާ ހޯދާފައިވާއިރު ދެ ވަނައިގައި އޮތް ނަޕޯލީ އަށް 23 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އަދި ތިން ވަނާގައި އޮތް އިންޓަ މިލާންއަށް 23 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނާގައި އޮތް އޭސީ މިލާންއަށް ލިބިފައިވަނީ 39 ޕޮއިންޓެއެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޕައޮލޯ ޑިބާލާ އެވެ. މިއީ މިދިޔަ ނޮވެމްބަރ މިހުގެ ފަހުން ޑިބާލާ ޔުވެންޓަސްއަށް ކާމޔާބުކޮށްދިން ފުރަތަމަ ގޯލެއެވެ.

މޮޅު ކުޅުމެއް މެޗުގައި ދައްކަމުން ދިޔަ ޔުވެންޓަސްގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު އެ ޓީމަށް ފުޅާކޮށްދިނީ 17 ވަނަ މިނިޓްގައި ލިއޮނާޑޯ ބޮނުޗީ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް 2-0 ލަނޑުން ކުރީގައި އޮވެ ޔުވެންޓަސް ނިންމާލާފައިވާއިރު އެ ޓީމްގެ ތިންވަނަ ލަނޑު ތިން ވަނަ ލަނޑު މެޗުގެ 63 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއްދެއްކި ރޮނާލްޑޯއެވެ. މިއީ މި ފަހަރު ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އެ ޓީމަށް ކާމިޔާބު ކޮށްދިން 21 ވަނަ ގޯލެވެ.

ޔުވެންޓަސް ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެ ޓީމު ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.