English Edition
Dhivehi Edition

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އަޅަންޖެހޭގޮތުގެ އުސޫލެއް ކަނޑައަޅައިފި އެވެ.

މިއަދު މި އުސޫލު ކަނޑައަޅަމުން ސުޕްރީމްކޯޓުން ނެރުނު އުސޫލުގައި ވިދާޅުވީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތްތަކުގައި އެކި ގޮތްގޮތަށް އުސޫލެއް ނެތި ހެދުން އަޅަމުން ދާތީ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންވެސް އެއްގޮތަކަށް ހެދުންއެޅުމަށްޓަކައި އުސޫލެއް ކަނޑައެޅީ ކަމަށެވެ.

ސްޕްރީމްކޯޓުގެ އެ އުސޫލުގައި ވާގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ޝަރީއަތުގެ މަޖިލީހުގައި ތިބެންޖެހޭ ޑްރެސް ކޯޑަކީ މިހާރު ވެސް އޮންނަ ގޮތަށް، ފިރިހެން ފަނޑިޔާރުން ކަޅު ކުލައިގެ ކޯޓް ފަޓޫލޫނުގަ އެވެ. އަދި އަންހެން ފަނޑިޔާރުންނަށް ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގެ ނުވަތަ ކަޅު ކުލައިގެ ކޯޓާއި ފައިގެ ކުޑަ ހުޅާ ހިސާބަށް ހުންނަ ސްކާޓް ބޭނުން ކުރެވިދާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

މިއަދު ސުޕްރީމްކޯޓުން ނެރުނު އުސޫލުގައި ބުނާގޮތުން ފަނޑިޔާރުންނަށް ކޯޓް ފަޓުލޫނު ހޯދައި ދޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކުންނެވެ. އަދި ކޮންމެ ދެ އަހަރަކުން އެއް އަހަރު ގިނަވެގެން 6،000ރ. ގެ ރޭޓުން އެ ފަނޑިޔާރަކަށް ފައިސާ ދޭނެ ކަމަށް އުސޫލުގައިވެ އެވެ.