English Edition
Dhivehi Edition

މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ޑިޕްރެޝަންއަށް ފަރުވާކުރަން ފަށައިފިއެވެ

މިހާރު ޖަސްޓިން ހޭދަކުރަމުންދަނީ ވަރަށް އުދަގޫ ދުވަސްތަކެއް ކަމަށާއި ޑިޕްރެޝަންގެ ސަބަބުން އޭނާގެ ސިއްހީ ހާލު ވަރަށް ގޯސްވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. މި ހަބަރާއި ގުޅިގެން ބައެއް ފަރާތްތަކުން ޖަސްޓިން ގެ ޑިޕްރެޝަންގެ އަސްލަކީ އޭނާ ވަރަށް ފަހުން މަޝްހޫރު މޮޑެލް ހެއިލީ ބޯލްޑްވިން އާއި ކުރި ކައިވެނިކަމުގައި ބުނަމުންދާއިރު ޖަސްޓިންވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ޖަސްޓިންގެ ގާތް ފަރާތަކުން ބުނެފައިވަނީ އަބަދުވެސް ޖަސްޓިންއަށް ވަރުބަލިކަން އިހްސާސް ކުރަމުންދާ ކަމަށާއި މިއީ ހެއިލީ އާއި ކައިވެނިކުރުމުގެ ކުރިންވެސް ދިމާވަމުންދާ މައްސަލައެއްކަމުގައެވެ

މިކަމާއި ގުޅިގެން ޖަސްޓިން ބުނެފައިވަނީ އަބަދުވެސް އޭނާއަށް މީހުންނަށް އިތުބާރު ކުރުމުގައި ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އަބަދުވެސް މީހުން އޭނާގެ ބޭނުން ނާޖައިޒް ގޮތުގައި ކުރަމުންދާ ކަމުގެ އިހްސާސް ވަމުންދާ ކަމަށާއި އެއްވެސް މީހަކު އޭނާ އާއި އެއްކޮޅަށް ނެތްކަމުގެ އިހްސާސްތައް ކުރެވޭކަމަށެވެ. އަދި އޭނާ އާއި ހެއިލީގެ ގުޅުން ރަގަޅަށް ކުރިއަށްދާއިރުވެސް ހެއިލީއަށް އިތުބާރުނުކުރެވޭ ފަހަރު އަންނަކަމުގައި ޖަސްޓިންވަނީ ބުނެފައެވެ

މީގެ އިތުރުން ޖަސްޓިން ބުނީ އޭނާގެ އަމިއްލަ ނަފްސަށްވެސް އިތުބާރު ނުކުރެވޭ ކަމަށެވެ. އަދި ދިރިއުޅުމުގައި ވަރަށް ގިނަ ކަތި ފިޔަވަޅު އެޅި ނުބައި ނިންމުންތައް ނިންމިފައިވާކަމަށް ޖަސްޓިންވަނީ ބުނެފައެވެ.

ޖަސްޓިން އޭނާގެ ބައްޔާ މެދު މި ގޮތަށް ވާހަކަދައްކާފައިވާއިރު ހެއިލީ އާއި އެކު ކާރެއްގެ ތެރޭގައި ޖަސްޓިން ރޯން އިން ޕޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

ޖަސްޓިންގެ ފަރުވާގެ ކަންތައްތައް މިހާރު ކުރިއަށްދާއިރު އޭނާގެ ގާތް ފަރާތަކުން ބުނެފައިވަނީ ފަރުވާގެ އަސަރު ޖަސްޓިންއަށް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްވުރެ ރަގަޅަށް ޖަސްޓިން ދިރިއުޅުމާއި މެދު ވިސްނާކަމަށާއި އޭނާގެ ވިސްނުން ބަދަލުވަމުން އަންނަކަމަށެވެ