English Edition
Dhivehi Edition
އައްސާން މައުމޫނު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ތިން ޑްރޯންގެ ބޭނުން ހިފަމުން ދޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.

ޑްރޯންތައް ބޭނުން ކުރޭތޯ ބެލުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް އެދި ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މެންބަރު މީކާއިލްގެ ސުވާލުގައިވަނީ ސިފައިންގެ ޚިދުމަތުން ބޭނުން ކުރުމަށް 570 މިލިއަން ރުފިޔާއާ ޚަރަދުކޮށްގެން ގެނެސްފައިވާ ޑްރޯންތަކުގެ ބޭނުން ކުރަން ފަށާފައިވޭތޯއާއި އެ ޑްރޯންތައް ބޭނުން ކޮށްފައިވާ ބޭނުންތައް ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ.

މި ސަރުކާރުން ޑްރޯންތައް ގެނައުމަށް ފަހު އެ ޑްރޯންތައް އޮޕަރޭޓްކުރަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ފުރަތަމަ ފަހަރަށް ވައިގެ ބާރެއް މިދިޔަ މާޗު މަހު ވަނީ ތައާރަފްކޮށްފައެވެ.