English Edition
Dhivehi Edition

ޒަކާތް ފަންޑުން އެހީއަށް އެދުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޒަކާތް ފަންޑަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ބަލަހައްޓަމުން ގެންދާ ފަންޑެކެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވިދާޅުވީ ފުދުންތެރިކަން ނެތް ފަރާތްތަކުން ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހަޅާ ފޯމުތަކާއި، ސިޓީފަދަ ތަކެތި ބަލައިގަތުން، 2018 ޑިސެމްބަރ 23 ގައި މެދުކަނޑާލީ، އެ މިނިސްޓްރީގެ ދަށުގައި ހުރި ފަންޑުތަކުގެ 2018 ވަނަ އަހަރުގެ އޮޑިޓް މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮޑިޓްް ކުރުމަށްޓަކައި އެހީއަށް އެދޭ ފޯމާއި ސިޓީ ބަލައިގަތުން ހުއްޓާލާފައި ވީނަމަވެސް 12 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުން ފެށިގެން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 އާއި ހަމައަށް ފޯމްތަކާއި ސިޓީފަދަ ތަކެތި ބަލައިގަންނަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެއެވެ.

ޒަކާތް ފަންޑުގެ އެހީގައި ގިނަ ބަޔަކަށް އެހީތެތިކަން ލިބިގެންދެއެވެ.