English Edition
Dhivehi Edition
ސްކޫލް ކުދިންނަށް ހުކުރު ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ފެށުން: ފޮޓޯ އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ފުރަތަމަ ބުރުގެ ކުދިންނާއި އިންޓަވިއުކޮށް، ސްކްރީންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ފަރާތްތަކާއި އިންޓަރވިއުކުރުމަށްފަހު، އިމާމްކަންކުރުމާއި ޚުޠުބާ ކިޔުމާ ގުޅޭގޮތުން ޚާއްޞަ ތަމްރީނެއް ދޭނެކަމަށެވެ. އަދި ތަމްރީނު ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ހުކުރުކުރުމުގެ ހުއްދަ ދޫކުރާނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

“ޒުވާން ޚަތީބު” ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ޚުޠުބާ ކިއުމުގެ ހުއްދަ ނަގަން 160 ޒުވާނުން ވަނީ ހުށަހަޅާފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމުގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.