English Edition
Dhivehi Edition

އައްޑޫ ސިޓީއަށް ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް އިތުރުކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ހައިކޯޓުން ބުނެފިއެވެ

ކުރީގެ ބަންޑާރަނާއިބު ހުސްނުއްސުޢޫދު އިސްކޮށް ހުންނަވައިގެން އައްޑޫ ސިޓީއަށް ގޮނޑި އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައި މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ބުނެފައެވެ. އީސީ އިން މި މައްސަލައިގައި ބުނެފައިވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ. އަދި ދާއިރާތައް އިއުލާންކުރުމުން އެކަމުގައި ހިތްހަމަނުޖެހުމެއް އޮތް ނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލާ މުއްދަތުގައި ލިޔުމުން ޝަކުވާ ހުށަހަޅަންޖެހޭނެ ކަމަށާއި ކޯޓަށް މައްސަލަ ހުށަހެޅެނީ ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަކަމުގައެވެ. މީގެ އިތުރުން އީސީ އިން ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި އައްޑޫ އަށް ދާއިރާއެއް އިތުރުކުރުމަށް އެ ކޮމިޝަނަށް ހުށަހަޅާފައިނުވާކަމަށެވެ.

އަންގާރަ ދުވަހު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ވަކީލް މަރިޔަމް ޝުނާނާވަނީ އިލެކްޝަންސް ކޮމިޝަނުން، އައްޑޫ ސިޓީ ކައުންސިލާ އެކު ކުރި ބައެއް މަޝްވަރާ ބައްދަލުވުންތަކުގައި ދެކެވިފައިވާ ވާހަކަތަކަށްވެސް އަލިއަޅުވާލާފައެވެ. އެ ދުވަހުގެ އަޑު އެހުމުގައި ޝުނާނާ ވިދާޅުވީ ބޭއްވުނު މަޝްވަރާތަކުގައި މަރަދޫފޭދޫ ވަކިކުރަން ބޭނުންވާ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެހެންކަމުން، އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ މައްސަލަ ފާހަގަ ނުކުރެވޭނެ ކަމަށެވެ

ތިން ފަނޑިޔާރުން ހިމެނޭ މަޖިލީހުން ވިދާޅުވީ އިޖުރާއީ ނުކުތާއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ފަނޑިޔާރުންވަނީ ވިދާޅުވެފައެވެ

އައްޑޫ ސިޓީ ދާއިރާތަކުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމުން، އެ މައްސަލަ ތެރެޔަށް ދައުލަތުން ވެސް ވަދެފައިވާއިރު މި މައްސަލައިގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ތަދަހުލްވެފައެވެ

ޓެގު