English Edition
Dhivehi Edition
ފައިލް ފޮޓޯ

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ނައިޓް މާކެޓް ބާއްވަމުން އަންނައިރު މިއަހަރުގެ ނައިޓް މާކެޓް ބާއްވަން ނިންމާފައިވަނީ ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކުގައި ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ. މިގޮތުން އެ ޖަމިއްޔާ ގެ މެންބަރު ބުނީ މިއަހަރުގެ ނައިޓް މާކެޓް ބާއްވާނީ އަންނަ މަހުގެ 26 އިން ފެށިގެން ދިހަ ދުވަހަށް ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ މިފަހަރުގެ ނައިޓް މާކެޓްގައި ވެސް 200 މޭޒު ބެހެއްޓޭނެ ކަމަށާއި މިހާރުވެސް މޭޒު ދޫކުރަމުންދާ ކަމަށެވެ. މިގޮތުން މިހާރު 20 އިންސައްތަ ދޫކުރެވިފައިވާ އިރު މޭޒު ދޫކުރުމުގެ ފުރުސަތު އަންނަ މަހުގެ 20 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ ޖަމިއްޔާ އިން ވިދާޅުވެއެވެ.

ނައިޓް މާކެޓުން ލިބޭ ފައިދާގެ ވަކި ޕަސެންޓެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ބައެއް އަމިއްލަ ޖަމިއްޔާ ތަކަށް ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. އިތުރަށް އެ ޖަމިއްޔާ އިން ބުނީ ނައިޓް މާކެޓް ބާއްވަން ނިންމީ ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ޓްރޭޑް މިނިސްޓްރީގެ އިތުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ވާހަކަ ދެކެވި ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ލިބިގެން ކަމަށެވެ.