English Edition
Dhivehi Edition
ފައިލް ފޮޓޯ

ރަމަޟާން މަަހަށް ޚާއްސަކޮށްގެން 10 ދުވަހުގެ މުއްދަތަށް މާލޭގައި ނައިޓް މާކެޓެއް ބާއްވަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ ނައިޓް މާކެޓް ފަށާނީ މި މާރޗު މަހުގެ 28 ވާ ހޯމަ ދުވަހު ކަމަށާއި ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ނައިޓް މާކެޓް ކުރިއަށްދާނީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ.

ނައިޓް މާކެޓްގެ މޭޒު ވިއްކުން މާދަމާ ހެނދުނު 10:00 ގައި ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ ގޯތި ތެރޭގައި އޮންނާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

ރޯދައާ ދިމާކޮށް ކުރިއަށްގެންދަން ނިންމާފައިވާ ނައިޓް މާކެޓްގެ ކޯ-އޯގަނައިޒަރަކީ މައި-ފިއުޗަރ ޕްރައިވެޓް ލިމިޓެޑެވެ.