English Edition
Dhivehi Edition

އެމްއާރުއެމް (މައުމޫނު ރިފޯމް މޫމަންޓް) އަށް މަޖިލިސް އިންތިހާބަށް ކެމްޕެއިން މެނޭޖަރަކާއި ތަރުޖަމާނަކު އައްޔަންކޮށްފިއެވެ.

އިއްޔެ އިލެކްޝަން ކޮމިޝަން(އީސީ) އަށް މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ލާފައިވާއިރު މިއަދު މިވަނީީ މި ޕާޓީގެ މުހިއްމު ދެ މަގާމަކަށް މީހުން އައްޔަން ކޮށްފައެވެ.

އެމްއާރުއެމުން ބުނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރާ ކެމްޕޭނުގެ މެނޭޖަރަކަށް އަންޔަންކޮށްފައި ވަނީ ލަންކާގައި މިހާރު ހުންނަވާ ޑެޕިއުޓީ އެމްބެސަޑަރު މުހައްމަދު ފައިސަލްކަމަށެވެ. އަދި އެ ޕާޓީގެ ތަރުޖަމާނަކަށް އައްޔަންކޮށްފައި ވަނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުލް ސަމަދުކަމަށެވެ.

މީގެ އިތުރުން އެމްއާރުއެމުން ބުނީ ކެމްޕޭން މެނޭޖަރެއްގެ އިތުރަށް އެސިސްޓެންޓް މެނޭޖަރެއްވެސް ހުންނަވާނެ ކަމަށެވެ. މިގޮތުން އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖެއްސެވީ މުހައްމަދު ރާއިދު ކަމަށް އެ ޕާޓީއިން ބުނެއެވެ. މި ޕާޓީއިން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 24 ކެންޑިޑޭޓަކު ވަނީ ނެރެފަ އެވެ.