English Edition
Dhivehi Edition

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ބަހައްޓާފައި ހުރި މީހަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުއްލި ގޮތަކަށް މިއަދު ހަވީރު، މަރުވެފައި ވަނީ އުމުރުން 34 އަހަރުގެ ގަޒްލީ އަބްދުލްގަފޫރެވެ. އައްސޭރި ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު މަރުވިކަން ކަރެކްޝަންސްގެ އިންފޮމޭޝަނުން ވެސް ކަށަވަރުކޮށްދެއްވާފަ އެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި މި މީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗްއަށްވަނީ ގެންގޮސްފައެވެ،

ހިންމަފުށީ އައްސޭރި ޖަލަކީ ކުދި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ބަންދުކޮށްފައި ބަހައްޓާ ޖަލެކެވެ.