މާލޭގެ ސަރަހައްދުގެ ގެތަކުގެ އިންޓަރނެޓް ވައިފައި އިން ވައްކަންކުރާ މައްސަލަ އާންމު ވެފައިވާކަމަށް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ގައި މިއަދު ބޭއްވި ނޫސްވެރިން ގެ ބައްދަލުވުމުގައި މިނިސްޓަރ އިތުރަށް ވިދާޅުވީ ރާާއްޖޭގައި އިންޓަނެޓް ބޭނުންކުރެވޭ ގޮތާއި އަދި ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތައް މިހާރު ދިރާސާ ކުރަމުންގެންދާ ކަމަށެވެ.
ވައިފައި ހެކް ކުރުމަށް މިހާރު ތަފާތު އެޕްލިކޭޝަން ގައްނާށާއި ހިލޭ ޑައުންލޯޑު ކުރެވެންވެސް ހުންނަ އިރު މިކަމަށް ހައްލު ހޯދޭނެ ގޮތްތައްވެސް އެބަ ހުއްޓެވެ. އެގޮތުން ކޮންމެ މަހަކު އެއްފަހަރު ނަމަވެސް ވައިފައި ޕާސްވޯޑް ބަދަލުކުރެވިދާނެއެވެ. އަދި ވައިފައި ނުފެންނަ ގޮތް ވެސް ހެދިދާނެ އެވެ.
މިނިސްޓަރ މަލީހް ވިދާޅުވީ ވައިފައި ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ޝަކުވާލިބެމުން ދާކަމަށާއި މިހާރު އެ މިނިސްޓްރީން އެފަދަ ކަންކަން ހައްލުކުރުމަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.