އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ޖަގަހައެއްގެ ގޮތުގައި ރައީސް އޮފީސް ބޭނުންކުރާ ކަމަށް، ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް ތުހުމަތުކުރައްވައިފިއެވެ.
މިގޮތުން މިރޭ ކުރެއްވި ޓްވީޓެއްގައި މަލީހު ވިދާޅުވެފައިވަނީ ދައުލަތް ހިނގާގޮތް ނޭނގުމަކީ އޭގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ޖަގަހައެއްގެ ގޮތުގައި ރައީސް އޮފީސް ބޭނުން ކުރެއްވުމަކީ ދައުލަތުގެ މުދާ އަމިއްލަ ކަމަކަށް ބޭނުން ކުރެއްވުން ކަމަށެވެ.
ދައުލަތް ހިނގާގޮތް ނޭނގުމަކީ އޭގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމެއް. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ޖަގަހައެއްގެ ގޮތުގައި ރައީސް އޮފީސް ބޭނުން ކުރެއްވުމަކީ ދައުލަތުގެ މުދާ އަމިއްލަ ކަމަކަށް ބޭނުން ކުރެއްވުން. އެއީ ޤާނޫނީ ކުށެއް. އޭސީސީ ކޮބާ ތޯ? pic.twitter.com/XlRYauZ2CZ
— Mohamed Maleeh Jamal (@maleehjamal) February 21, 2023
“އެއީ ޤާނޫނީ ކުށެއް. އޭސީސީ ކޮބާތޯ؟”، އެ ޓްވީޓްގައި މަލީހް ވިދާޅުވެފައިވެއެވެ.
މަލީހް މިގޮތަށް ޓްވީޓްކުރައްވާފައިވަނީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީން އެމްޑީޕީއާ މަޝްވަރާކޮށްފައިވާ ކަމަށް ބުނެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުމަކަށް އަމާޒުކޮށެވެ.
އެހެންނަމަވެސް، އެ ލިޔުމުގައި ބޭނުންކޮށްފައިވާ ފޮޓޯއަކީ 20 ޖޫން 2021 ވަނަ ދުވަހު ނަފްރަތުގެ ކުށާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ބިލާމެދު އަދާލަތު ޕާޓީގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ.
Nafrathuge kushaa gulhey gothun majlis ah hushahalhaafaivaa bill aa medhu AP ge kanboduvunthah HEP @ibusolih aa hissaa kurevijje. Mi bill qaanoonakah vegen annairu rayyithunnaai dheenee ilmuveringe medhugai ufedhifaivaa kanboduvunthakah halluhodhavaane kamuge yageenkan dhevvi. pic.twitter.com/LTf5mgKf1s
— Adhaalath Party (@AdhaalathOffice) June 20, 2021
މަލީހު މިގޮތަށް ޓްވީޓްކުރައްވާފައިވާއިރު، ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީން ވަނީ މިއަދު އެމްޑީޕީއާ މަޝްވަރާކޮށްފައެވެ.