English Edition
Dhivehi Edition

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކައް ފޮނުވި ލިޔުމެއްގައި ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ ނަންފުޅުގައި ހިމެނޭ، ﷲ ގެ އިސްމުފުޅު ތާނައިން ލިޔެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް މިނިސްޓްރީއަށް އަމާޒުވެއްޖެއެވެ

އެޑިއުކޭޝަން މިނިސްޓްރީން ޕްރީ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ބޭނުން ކުރުމަށް ފޮނުވި ލިޔުމެއްގައި ﷲ ގެ އިސްމުފުޅު ތާނައިން ލިޔެފައިވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މި ލިޔުންކޮޅުގެ ފޮޓޯ ޝެއާރ ކޮށް އެޑިއުކޭޝަނަށް ފާޑުކިޔާފައެވެ. މި ގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުދިންގެ މުސްތަޤުބަލާ ތައުލީމާއި ގުޅުންހުރި އެންމެ އިސް މިނިސްޓްރީން މިފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިކަން ހިނގާދިޔަ ގޮތް ރައްޔަތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށްވެސް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ

ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިސްލާމިކް މިނިސްޓްރީން ބަޔާނެއް ނެރުއްވާފައިވާއިރު އެ ބަޔާނުގައި ބުނެފައިވަނީ ﷲގެ އިސްމުފުޅު ލިޔަން ވާނީ ﷲ މި ގޮތަށް އަރަބި އަކުރުން ކަމަށެވެ