English Edition
Dhivehi Edition

ޤައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގެ އެޑްމިޝަން ދުވަހެއް ބާއްވަން އެ ކެމްޕަހުން ނިންމައިފިއެވެ. މިގޮތުން ހިތަދޫ ކެމްޕަހުން ބުނީ މި އެޑްމިޝަން ދުވަސް ބާއްވަން ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުަވަހުގެ ހަވީރު 4:00 އިން 6:00 އަށް ހިތަދޫގައި ހުންނަ ރޯޔަލް ޕާލް ފިހާރަ ކުރިމަތީގައި ކަމަށެވެ.

ހިތަދޫ ކެމްޕަހުން ބުނީ މި އެޑްމިޝަން ދުވަހަކީ މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކޯސްތަކަށް ދަރިވަރުން ނެގުމަށް ބާއްވާ އެޑްމިޝަނެއް ކަމަށެވެ. 30 ޖަނަވަރީ ވާ ބުދަ ދުވަހު ބާއްވާ މި އެޑްމިޝަން އަކީ މި ޖެނުއަރީގެ ފަށާ ކޯސްތަކަށް ޚާއްޞަކޮށްގެން ކެމްޕަހުން ބާއްވާ އެންމެ ފަހު އެޑްމިޝަންކަމަށެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި އަލަށް ފެށި ކޯސްތަކާއި ޑިގްރީގެ ކޯސްތައްވެސް ކުރިޔަށް ދެއެވެ. މިހާރުވެސް ހިތަދޫ ކެމްޕަހުގައި އެތައް ސަތޭކަ ކުދީންނެއް ތައުލީމް ހާސިލްކުރަމުންދެއެވެ.