English Edition
Dhivehi Edition

އިޓަލީގެ ނޫސްވެރިއެއް އަދި ލިޔުންތެރިއެއް ކަމަށްވާ ފްރެންޗެސްކާ ބޮރީ 2017 ވަނައަހަރު ރާއްޖެއާ ބެހޭގޮތުން ލިޔެ ޝާއިއުކޮށްފައިވާ “ޑެސްޓިނޭޝަން ޕެރަޑައިސް: އެމަންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް”ގައި ހުރި ހަގީގަތާއިި ހިލާފް ވާހަކަތަކުގެ ސަބަބުން ދިވެހިންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ

” ބޮރީ ލިޔުނު މި ފޮތް 2017 ވަނަ އަހަރު ޔޫރަޕިއަން ޕްރެސް ޕްރައިޒްގެ “ދަ ޑިސްޓިންގުއިޝްޑް ރައިޓިން އެވޯޑް”އަށް ވެސް ނޮމިނޭޓުވެފައިވާއިރު މި ފޮތުގެ ވާހަކަ ދިވެހިންގެ ސަމާލުކަމަށް ގަނައި މި ފޮތް ކީ ނަޝް ނަޝީދުއެވެ. ރާއްޖެ ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފު އެތައް ވާހަކައެއް ހިމެނޭ  އިރު، މި ފޮތުގައި ލިޔެފައިވާ ވާހަކަތައް އިބާރާތްކުރުމުގައިވެސްވަނީ ނަސްލީ ތަފާތުކުރުންތައް ވަރަށް ބޮޑަށް ގެންގުޅެފައެވެ

އެ ފޮތުގައި ބޮރީ ބުނެފައިވަނީ  ރާއްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ހޭލުންތެރި ބަޔަކު ތިބި ގައުމެއް ނޫންކަމަށާއި މުޅި މާލޭގައިވެސް ހުރީ އެންމެ ފޮތް ފިހާރައެއް ކަމަށެވެ. އެ ފިހާރައަކީ ވެސް އިސްލާމިކް ބުކްޝޮޕެއްކަމަށާއި އެ ފިހާރާގައި މަދު އަރަބި އަދި އިނގިރޭސި ފޮތްތަކެއް ފިޔަވައި ދެން މުޅީން ވެސް ހުރީ ދިވެހި ފޮތްތައް ކަމުގައެވެ

އިނގިރޭސިއަކީ ރާއްޖޭގެ މަދުބަޔަކަށް އެގޭ ބަހެއްކަމުގައި ބުނަމުން ބޮރީ ބުނެފައިވަނީ އިނގިރޭސި ބަހަކީ، މަދު ބަޔަކު ބޭނުން ކުރާ ބަހެއްކަމަށާއި އެ މަދު ބަޔަކީ، މުއްސަނދި، ކިޔަވައިގެން ތިބި ހަމުގެ ކުލަ ދޮން ބަޔެއްކަމުގައެވެ

މީގެ އިތުރުން އެ ފޮތުގައި ބުނެފައިވަނީ ފްރާންސާއި ބެލްޖިއަމް ފަދަ ގައުމުތަކުގައި، މުސްލިމުން، ހައްދުފަނައަޅާފައިވާ ޖަމާއަތަކުން ހިންގާ އަމަލުތަކަށް ލަދުވެތިވާކަމަށާއި އެހެންނަމަވެސް އެފަދަ ޖަމާއަތްތަކުގެ މީހުންނާ މެދު ދިވެހިން ދެކެނީ ބަތަލުންގެ ގޮތުގައިކަމަށެވެ

ރާއްޖެއަކީ އަމިއްލަ ކެއުންތައް ނެތް ހަމައެކަނި ގައުމު ކަމަށް އެ ފޮތުގައި ބުނެފައިވާއިރު އޭނާ އެއާޕޯޓުން ފެނުމުން އެފެރިކާގެ މީހުން ދޮންމީހުންނަށް ބަލާގޮތައް ކުޑަ ތިން ކުދިން އޭނާއަށް ބަލަހައްޓައިގެން ތިބި ކަމަށް ވެސް ލިޔެފައިވެ އެވެ

ބެޮރީގެ މި ވާހަކަތަކާއި ގުޅިގެން ޓުވިޓާގައި އޭނާ ދައްކާފައިވާ ކޮންމެ ވާހަކައަކަށް ވަކިވަކިން ދިވެހިން އަންނަނީ ޖަވާބު ދެމުންނެވެ. އަދި ބޮރީއަށް ރާއްޖޭގައި އެއްވެސް ދިރާސާއެއް ކުރެވިފައިނުވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ