English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ޒުވާނުން އިސްނަގައިގެން ހުޅުމީދޫ ފުލުހުންނާއި ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު މީދޫ ޖެޓީ ސަރަހައްދު ޕާކުގައި ‘އަވަސް އޭށުން. އެކުއްދާސް އޭހެއް’ މި ނަމުގައި ބޭއްވި ހަވީރުގައި ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ރައްޔަތުންވަނީ ބައިވެރިވެފައެވެ. ކުދިންނާއި ގުޅޭ އެކި އެކި ކުޅިވަރުތަކާއެކު ކުރިއަށް ދިޔަ މި ހަވީރުގައި ފުލުހުންގެ ސައިކަލްގައި ފޮޓޯ ނެގުމާއި، ފޮޓޯ ބޫތް، ހޫޕްސް އޮން ކޯންސް، ފޭސް ޕެއިންޓް، ކުރެހުން. ގޯނި ރޭސް އަދި ބިރުވެރި ހޮހޮޅަވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ދުވަހުގެ ނަސީބުވެރިއަކު ހޮވާފައިވާއިރު މި ހަވީރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ޔަޒްކާއެވެ

ސްކޫލް ޗުއްޓީ ނިމި ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ބާއްވަން ނިންމާފައިވާ މި ހަވީރު މޫސުންތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފައިވާއިރު މި ހަވީރު އިންތިޒާމްކުރި ފަރާތުން ބުނެފައިވަނީ އިވެންޓް ފަސްކުރިނަމަވެސް ،އިއްޔެ ބޭއްވި އިވެންޓަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. “މި އެވެންޓް ފަސްކުރުމުން ތަރުހީބު ގެއްލިދާނެކަމަށް ހީވިނަމަވެސް މީދޫގައި މިކަހަލަ އިވެންޓެއް ނުބާއްވާތާ ގިނަ ދުވަސްކޮށްފަ ބޭއްވި މި އެވެންޓަށްވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބުނު. “މި ހަވީރު އިންތިޒާމުކުރި ފަރާތުންވަނީ ބުނެފައެވެ.