English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން މި ސަރުކާރު ވައްޓާލަން އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ތުހުމަތު ކުރައްވައިފި އެވެ

ރޭ ޖުމްހޫރީ ޕާޓީގެ ހަރުގޭގައި އޮތް ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރު ކުރުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު އެމްޑީޕީ ތެރޭގައި ކުރައްވަމުން ގެންދަވާކަމަށެވެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރުކާރު ވައްޓާލައި ވަކި މީހަކު ވެރިކަމަށް އައުމަށް ކުޅޭ ކުޅިގަނޑު ބަލަން ތިބިކަމުގައެވެ. ނަން ވިދާޅުނުވެ ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން، ގާސިމް ވިދާޅުވީ އެމްޑީޕީ ތެރެއިން ބޮޑުސިންގާ ފަސާދައެއް އުފައްދައި، އެ ޕާޓީގެ ތެރެއިން ބޮޑުސިންގާ ހައިޖާނެއް ރާވައިގެން ރައީސްގެ ނޯކޮންފިޑެންސް ވޯޓު ނެގުމާ ދިމާލަށް އަމާޒުކޮށް، ސަރުކާރު ވައްޓާލަން މަސައްކަތްކުރަމުންދާކަމަށެވެ

ނާޝީދު އަށް ވަރަށް ބޮޑަ ފާޑުވިދާޅުވެ ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ ކޮންމެހެން އެކަން ކުރަން އުޅޭ މީހެއްގެ ނަން ދަންނަވަން ބޭނުންނުވާކަމަށާއި އެނަން ކިޔާ ހިތްވެސް ނުވާކަމަށެވެ..