English Edition
Dhivehi Edition

އިލެކްޝަން ކޮމިޝަނަކީ އެއްވެސް ބައެއްގެ ހައްގުތަކަށް އަރައިގަންނާނެ ކޮމިޝަނެއް ނޫން ކަމަށާއި އެ ކޮމިޝަނަކީ ހައްގުތައް ކަށަވަރުކޮށްދޭ ކޮމިޝަނެއްކަމަށް އީސީ އިން ބުނެފިއެވެ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ހުއްދަ ދިނުމުގައި ހުރަސް އަޅާ ކަމަށް ބުނެ އެ ޕާޓީ އުފައްދަން އުޅޭ ބޭފުޅުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އީސީ އިން ބުނެފައިވަނީ އެއްވެސް ބަޔަކަށް އެއްވެސް ހުރަހެއް ކޮމިޝަނުން ނާޅާކަމަށާއި ޖަރީމާ ހިންގަން ކުރާނެ ކަމެއް އީސީގައި ނެތްކަމަށެވެ

އީސީގެ މެމްބަރު އަކްރަމް ވިދާޅުވީ ޕީއެންސީއިން ފުރަތަމަ ހުށަހެޅި ފޯމްތަކާ ގުޅިގެން ވަރަށް ގިނަ ޝަކުވާތަކެއް ލިބުނު ކަމަށާއި އެ ޝަކުވާތައް ވެރިފައި ކުރުމަށްފަހު މައްސަލަ ހުރި ފޯމްތައް ރަނގަޅުކުރުމަށް އެންގި ކަމަށެވެ. އަދި ޕީއެންސީ އިން އަލަށް ހުށަހެޅި ފޯމްތައް ވެސް ސައްހަކަމުގައި ބަލަމުންދާކަމަށާއި ވަކި ބަޔަކަށް ވަކި ގޮތެއް ނަހަދާކަމަށް އަކްރަމްވަނީ ވިދާޅުވެފައެވެ