އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 376 ދަރިވަރުން ޓޮޕް 10 އަށް ހޮވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ
އެޑއުކޭޝަން މިނިސްޓްރީ އިން މިހެން ވިދާޅުވެފައި ވަނީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދުއެވެ. ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ ކުރީ އަހަރަށްވުރެ މިއަހަރުގެ ނަތީޖާ ގިނަ މާއްދާ ތަކަކުން މަތިވެފައި ވާ ކަމަށާއި 2018 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 376 ދަރިވަރުން ޓޮޕް 10 އަށް ހޮވިފައިވާއިރު އޭގެތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. މިނިސްޓަރީން ބުނެފައިވަނީ ތާޖުއްދީން ސްކޫލުގެ ލޮލަށް ރަނގަޅަށް ނުފެންނަ ދަރިވަރަކު އޯލެވެލް ޓޮޕް 10 ގައި ހިނޭ ކަމަށާއި އަދި ޖަމާލުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ 3 ދަރިވަރަކު ޓޮޕް 10 ގައި ހިމެނިފައިވާ ކަމަށެވެ.
2018 ވަނަ އަހަރު މުޅި ޖުމުލަ 5433 ދަރިވަރުން ގްރޭޑު 10 ގައި ކިޔަވާފައިވާއިރު ޖީސީއީ އޯލެވެލް އިމްތިހާނުގައި ފުލް ސްޓްރީމްގައި ބައިވެރިވެފައި ވަނީ 4571 ދަރިވަރުންނެވެ. ބާކީ 862 ކުދިން ފުލް ސްޓްރީމްގައި ކިޔަވާފައި ނުވާއިރު އެކުދިން ބައިވެރިވެފައި ވަނީ ދަސްވާރާއި ބީޓެކަށް ކަމަށް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެފައި ވެއެވެ. 2018 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން 100 އިންސައްތަ ފާސް ލިބިފައި ވަނީ ހަމައެކަނި ލިޓްރެޗާއިންކަމަށެވެ. އެގޭ އިތުރުން އޭ، ބީ އަދި ޑީ ލިބިފައިވާ ނިސްބަތް 2017 ވަނަ އަހަރާ އަޅާ ބަލާއިރު މަތިވެފައިވާ ކަމަށާއި ސީ އަދި ޔޫ ލިބުނު ނިސްބަތް ދަށްވެފައިވާ ކަމަށްވެސް ޑރ. ރަޝީދު ވިދާލުވެފަ ވެއެވެ. އަދި ޔޫ ލިބިފައިވާ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އިތުރަށް ވިދާޅުވެފައި ވަނީ މި ނަތީޖާ އަކީ އަދި ވަގުތީ ނަތީޖާއެއް ކަމަށާއި ނަތީޖާ އަށް ބަދަލު އައިސްފާނެ ކަމށްު މިނިސްޓްރީ އިން ހާމަކޮށްފައަ ވާއިރު ޓޮޕް 10 ގެ ކްރިޓީރިއާ އަށް އެއްވެސް ބަދަލެއްނާންނަ ކަމަށްވެސް އެމިނިސްޓްރީ އިން ހާމަކޮށްފައި ވެއެވެ.