2021-2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޯލެވެލް އިމްތިޙާނުން އެކި މާއްދާތަކުން 16 ދަރިވަރަކު ދުނިޔޭގެ ގަދަ 10 އަކުން ޖާގަ ހޯދައިފިއެވެ.
ރޭ ދަރުބާރުގޭގައި ، ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ 16 ބައިވެރިންގެ ތެރެއިން ބައެއް ދަރިވަރުންނަށް ޓްރޮފީ ޙަވާލުކޮށްދެއްވާފައެވެ. ކޮންމެ އަހަރެއްގައި ވެސް އޯލެވެލް އިމްތިހާނުން ރާއްޖޭގެ ދަރިވަރުން ދުނިޔޭގެ ފެންވަރުގައި ވާދަކުރެ އެވެ. އެގޮތުން، ދުނިޔޭގެ ގަދަ 10ގައި މި ފަހަރު ވެސް ދިވެހި 16 ދަރިވަރަކު ހިމެނިފައިވާއިރު އެއީ 11 އަންހެން ދަރިވަރުން ނާއި ފަސް ފިރިހެން ދަރިވަރުންނެވެ.
މީގެ ތެރެއިން ޘާނަވީ އިމްތިޙާނުގައި ރަނގަޅު ނަތީޖާ ހޯދާ “މަތީ އަރުތަވެރިންގެ ތެރެއިން އެކި މާއްދާތަކުން ދުނިޔެއިން ފަޚުރު ވެރި 1 ވަނަ ޙާސިލު ކުރީ ދިވެހި 9 ދަރިވަރެކެވެ. މި ދަރިވަރުންނަށް އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއެވެ.
2021-2022 ވަނަ އަހަރުގެ ގަދަ 10 އަކަށް ހޮވުނު ކުދިންނަށްވެސް މި ރަސްމިއްޔާތުގައިވަނީ އިނާމް ޙަވާލުކޮށްފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ފަހަރެވެ. އެގޮތުން މިއިނާމް 847 ދަރިވަރުން ހާސިލްކޮށްފައިވެއެވެ.
ރޭ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. މިއަހަރަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް މަތީ އަރުތަވެރިންގެ އިނާމަށް ވާދަކުރުމުގެ ފުރުޞަތު، އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ލިބި، ރަން ވަނަ ހޯދި އެސްކޫލްގެ ދަރިވަރުންނަށް ވެސް އިނާމު ދިން ފަހަރެވެ.
2021-2022ވަނަ ދިރާސީ އަހަރު 6360 ދަރިވަރުން ޘާނަވީ އިމްތިޙާން ހަދާފައިވެއެވެ. މިއިމްތިހާނު ފުރިހަމަކުރި ކުދިންގެ ތެރެއިން %13ކުދިންވަނީ ގަދަ 10ގައި ހިމެނިފައެވެ.ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން، ދެ ރެއަކަށް ބަހާލައިގެން ބާއްވާ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރޭ އިނާމު ހާސިލް ކުރީ 429 ދަރިވަރުންނެވެ.
މިއަހަރު ދަރިވަރުން ވަނީ ވަކިވަކި މާއްދާތަކުންވެސް ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. އެގޮތުން ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފުރަތަމަ ފަހަރަށް، %75އަށްވުރެ ގިނަ ދަރިވަރުން ވަނީ ފާސް ނަތީޖާ ހޯދާފައެވެ. އަދި އަރޓްސް އެންޑް ސައިންސް ސްޓްރީމްގެ މާއްދާތަކުން، %80 ދަރިވަރުން ވަނީ ފާސް ނަތީޖާ ހޯދާފައެވެ.
އަދި މަޖުބޫރު މާއްދާތައްކަމަށްވާ އިސްލާމާއި ދިވެހި އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން %75 ދަރިވަރުން ވަނީ ފާސްވެފައެވެ.