English Edition
Dhivehi Edition

އުމުރުން މިހާރު 6 އަހަރު ފުރިފައިވާ މަރިޔަމް ފަރްހީނަކީ އުފަންވީ ދުވަހުން ފެށިގެންވެސް ސިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކުއްޖެކެވެ. އަވަސް އަވަހަށް ބަލިވުމުގެ އިތުރުން، ހެދިބޮޑުވުމުގައި ވެސް މައްސަލަތަކެއް ހުރެއެވެ. އޭގެ އިތުރުން، ގިނައިރު ހިނގާފައި ނުއުޅެވުމާއި އަވަސް އަވަހަށް ވަރުބަލިވުންފަދަ ދަތިތަކާއި ވެސް އެކުޑަކުޑަ ކުއްޖާ އަންނަނީ ކުރިމަތިލަމުންނެވެ.

ފަރްހީންގެ ބަލިހާލަތު ހުރިގޮތް “އޭއޯނިއުސް” އަށް ކިޔާދެމުން އޭނަގެ މަންމަ ބުނީ، ދަރިފުޅު އުމުރުން 8 މަހުގައި ބަލިވާތީ ޑޮކްޓަރަށް ދެއްކީ ގަމު ހޮސްޕިޓަލަށްކަމަށެވެ. އެއަށްފަހު އުމުރުން 3 އަހަރުވަންދެން ގަމު ހޮސްޕިޓލަަށް ދައްކަމުން އައިސް ލޯނެއްނަގައިގެން ދިޔައީމާލެ އަށް ކަމަށެވެ. މާލެ ގޮސް ޑޮކްޓަރަށް ދައްކުމުން އެނގުނީ އެކުއްޖާގެ ސިއްޙީ ވަރަށް ބޮޑެތި މައްސަލަތައް ހުރިކަމެވެ. އެހެން ކަމުން އަނެއްކާވެސް ދެމަފިރިން ނިންމީ އެކުއްޖާގެ އަސްލު ބަލި ދަނެގަތުމަށް އިންޑިއާ އަށް ދިޔުމަށެވެ. އިންޑިއާއިން ބަލިދަނެގަނެވުނު އިރު އެނގުނީ ފަރްހީންގެ ހެދިބޮޑު ވުމުގެ މައްސަލައެއްވެސް ހުރިކަމެވެ.

ޑޮކްޓަރުން ބުނި ގޮތުގައި، ފަރުހީން އަށް ފަރުވާ ދިނުމަށް އޭނާގެ އުމުރުން 12 އަހަރު ވަންދެން ކޮންމެ އަހަރަކު ދެ ފަހަރު އިންޑިއާ އަށް ދާން ޖެހެއެވެ. އުމުރުން 12 އަހަރު ވަންދެން އިންޖެކްޝަނެއް ޖަހަން ޖެހޭއިރު، އިންޖެކްޝަނެއްގެ އަގަކީ “އިންޑިއާ” ގެ 12000 ރުޕީސް އެވެ.

ނަސްވާ ބުނީ، އެއާއިލާގައި ތަނަވަސްކަމެއް ނެތުމުން މިހާތަނަށް ފަރްހީން ގޮވައިގެން މާލެ ދިޔަ ފަހަރުތަކުގައިވެސް ދިޔައީ ލޯންތަކާއި އެހީ ހޯދައިގެން ކަމަށެވެ. އަދި މިދިޔައަހަރު އެއްފަހަރު އާސަންދަ ދިންނަމަވެސް އޭގެފަހުން އާސަންދަ އޮފީހުން ކޮންމެފަހަރުކަ ބުނަނީ އާސަންދަ ހަމަޖެހެން ނެތްކަމަށެވެ.

“މީގެ ކުރިން ވެސް އަޅުގަނޑުމެން އިންޑިއާއަށް ދިޔައީ މީހުން އަތުން ލޯނު ނަގައިގެން. ތިން ފަހަރަށް ދިޔައިރު، ތިން ލޯނު ނެގިފައިވޭ އަދި އާސަންދައިން އެއްފަހަރު ދެވުނު ނަމަވެސް ފަހުން އާސަންދަ ނުލިބޭތީ މިދިޔަ އަހަރު ސެޕްޓެމްބަރ ގައި ދާން އޮތް ދަތުރުވެސް ނުދެވުނު، ރާއްޖެއިން ޑޮކްޓަރުން އެބަބުނޭ ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކުން އެފަރުވާ އެއް ދެވެން ނެތްކަމަށް، އެކަމަކު އާސަންދަ އޮފީހުން ބުނަނީ އިންޖެކްޝަން ރާއްޖެ ގެނެސްގެން ހޮސްޕިޓަލުން ޖަހުވާށޭ، މިހާރު އެގޮތަށް އިންޖެކްޝަން ގެނެސްގެން ޖަހަން ވެގެން ދިޔައީމާ ޓްރީޓޮޕް ހޮސްޕިޓަލުންވެސް ބުނަނީ އެބައްޔާބެހޭ ސްޕެޝްލިސްޓެއް ނެތުމުން ފަރުވާ ނުދެވޭނެކަމަށް” ނަސްވާ ބުންޏެވެ.

މީގެ އިތުރުން ނަސްވާ ބުނީ،ރާއްޖެ އިން ފަރްހީނުގެ އެމް.އާރް.އައި ހެދުނުނަމަވެސް އެހެން ޓެސްޓްތައް ނުހެދޭކަމަށެވެ.

“ވަރަށް ދެރަވޭ އަޅުގަނޑަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅު އެއީ، ކޮންމެ ދުވަހަކުވެސް ކޮންމެވެސް ސިއްހީ މައްސަލަތަކެއްގައި އުޅޭނީ، މިއަދުވެސް އެއުޅެނީ މޭގައި އާއި ފައިގައި ރިއްސާތީ ސްކޫލަށްވެސް ގިނަދުވަހު ނުގެންދެވެޭ” އަސަރާއެކު ފަރްހީނުގެ މަންމަ ކިޔައިދިނެވެ.

ރަށުގައި ގާޑިޔާ ހިންގައިގެން ލިބޭ އާމްދަނީއިން ބައެއް ރައްކާ ކޮށްގެން ފަރުހީންގެ ބޭސްފަރުވާއަށް ކޮންމެވެސް ވަރެއް ލިބުނުނަމަވެސް އިންޑިއާއަށް ގޮސް 15 ވަރަކަށް ދުވަހު މަޑުކުރަންޖެހޭ އިރު އެހަރަދުތަކާއި އިތުރު ހަރަދުތަކަށް ވާވަރަށް އަތުގައި ފައިސާނެއް ކަމަށް ނަސްވާ ބުންޏެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރ މަހު ފުރަންޖޭހޭ އިރު ތުއްތު ފަރުހީނަށް ދަތުރަށް ވާވަރަށް ފައިސާގެ ތަނަވަސް ކަމެއް ނެތުމުން ވަނީ ނުފުރިފައެވެ. ޑޮކްޓަރުން ކޮންމެ ހަމަހަކުން ހަމަހަކުން އިންޖެކްޝަން ޖަހަން ލަފާދެއްވާ ފައިވާއިރު އެހަމަހުން އެންމެ މަހެއް ކަޓައިގެން ދިޔަޔަސް ފަރްހީނަށް ލިބެންޖެހޭ ފަރުވާ ނުލިބުމުން ފަރުވާގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ނުލިބޭނެކަމަށާއި ގަވާއިދުން ފަރުވާ ލިބިގަތުމަށްޑޮކްޓަރ ނަސޭހަތްތެރި ވެފައި ވެއެވެ. ނަމަވެސް މިހާރު ވަނީ ސެޕްޓެމްބަރ މަހު ހޯދަން ޖެހޭފަރުވާ ނުހޯދިފައެވެ.

ކުޑަކުޑަ ފަރުހީން އަށް ދީލަތި އެހީއެއްވެ ދިނުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓް ނަންބަރު 7730000190827 (އައިމިނަތު ނަސްވާ) އަށް ފައިސާ ޖަމާ ކޮށްދެއްވުން އެދެމެވެ.

ފަރުހީން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9910819(ކުއްޖާގެ ބައްޕަ އަދި9968215(މަންމަ) އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

1 ކޮމެންޓް
Naa
ޖެނުއަރީ 21, 2019
E dharifulhah heyo rahmah lavaashi, Aameen