English Edition
Dhivehi Edition

ކައިވެންޏަށްފަހު ކޮންމެ ދެމަފިރިޔަކުވެސް ދެން ދެކޭނީ އެއް ހުވަފެނެކެވެ. އެއީ ދެމަފިރިންގެ އުނގު ފަޅުފިލުވައިލަދޭނެ ކުއްޖަކު ލިބުމެވެ. ސ.ހުޅުދޫ ސީވޭވް އައިޝަތު ޝަރުފާ އަދި މ. ޕެރިވިންކްލް އިރުމަތީބައި، މުހައްމަދު ވަހީދުގެ ކައިވެންޏަށް ފަހު ކުރި އިންތިޒާރުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. ޝަރުފާ ބަލިވެއިނީ އެއްމާބަނޑު ދެކުދިންނަށެވެ.

2020 އޯގަސްޓް 22 ވަނަ ދުވަހު ޝަރުފާ ވިހެއީ އެއްމާބަނޑު ދެ އަންހެން ކުދިންނެވެ. ދެކުދިންގެ އެއްވެސް ސިއްޙީ މައްސަލައެއް ނެތެވެ. މާލޭގައި ދިރިއުޅޭ ޝަރުފާ ވަޒީފާއަކަށް ނުގޮސް ހުސްވެގަތީ ދެކުދިން ބަލާބޮޑު ކުރުމަށެވެ. ފިރިމީހާ އަށް އެކަނި ލިބޭ އާމްދަނީ އިން އާއިލާ ބަލަހައްޓަމުން އަންނަ އިރު ފިރިމީހާ ވަޒީފާ އަދާކުރަނީ އެމްޕީއެލްގައި ކަމަށް ޝަރުފާ ބުންޏެވެ.

 

ޝަރުފާގެ ކުޑަ އާއިލާ އަށް ހީވެސް ނުކުރާވަރުގެ ހިތާމައަކާ ކުރިމަތިލާން ޖެހުނީ ކުއްލިއަކަށް ދިމާވި ހާދިސާއަކުންނެވެ. ޝަރުފާ އާވިއަރުވަން ތައްޔާރުވާން ކެއްކި ފެން، ތައްޓަކަށް އަޅާފައި މޭޒުމަތީ ބަހައްޓާފައި ހުއްޓާ ގޭތެރޭގައި ހުރި އެހެން ކުއްޖަކު އެފެން ތަށި މޭޒުގެ މަގަތާއި ކައިރި ކޮއްލިތަނާ 1 އަހަރާ 3 މަސްވީ އައިރިންގެ އަތުން އެތަށީގައި ޖެހި އެކުއްޖާގެ މުޅިގަޔަށް ހޫނުފެން އެޅި ފިހުނެވެ. އައިރީން ގޮވަިއގެން ފަރުވާ އަށް އެންމެ ފުރަތަމަ، ޝަރުފާ ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އައިރިންއަށް ފަރުވާ ދެމުން ދަނިކޮށް ވަރަށް ގަދައަށް ހުންއައިސް ކުއްޖާ ފިޓުޖެހެން ފެށިކަމަށް ޝަރުފާ ބުންޏެވެ.

“ފިހުނުފަހުން ދަރިފުޅު އޭޑީކޭގައި އޮއްވާ 4 ފަހަރަށް ފިޓުޖެހުނު، ހުމެއްވެސް ރަނގަޅެއްނުވޭ އެއްގޮތަކަށްވެސް. އޭޑީކޭ އިން ބޭސްފަރުވާ ކުރަމުން އައިސް ހުން އެއްގޮތަކަށްވެސް ރަނގަޅު ނުވެގެން އަޅުގަނޑުމެން ބޭބީ ޑިސްޗާޖް ކުރުވައިގެން ގޮސް ދެއްކީ ޓްރީޓޮޕަށް. އެތަނުން ބެލިޑޮކްޓަރ ބުނީ އެތަނުން ދެވޭނެ އިތުރު ފަރުވާ އެއް ނެތްކަމަށް. އަދި އައިޖީއެމްއެޗް ގައި ހުންނަ “ބާރން ޔުނިޓް’ ގައި ބޭބީ އެޑްމިޓް ކޮށްގެން ފަރުވާ ހޯދުމަށް ޑޮކްޓަރ ބުނި. ޓްރީޓްޕްއިން ބެލި ޑޮކްޓަރ ބުނި ދަރިފުޅުގެ ހަށިގަނޑުގެ %16 ފިހިފައިވާ ކަމަށް އަދި “ސެކަންޑް ޑިގްރީ ބާރން” އިންޖަރީ އަކަށް ވުމާއެކު އިންފެކްޝަން ހެދުމުގެ ޗާންސް އޮތުމާއެކު ވަރަށް ރަނގަޅަށް ކުއްޖާ އަށް ފަރުވާ ބޭނުންވާނެކަމަށް. މީގެ އިތުރުން ޓްރީޓޮޕުން ބުނެފައިވަނީ އައިރިން އަށް ޕްލާސްޓިކް ސާޖަރީ އެއް ބޭނުންވާތީ އެސާޖަރީ ހެދުމަށް ބެންގަލޫރުގައި ހުންނަ “ރެއިންބޯ ހޮސްޕިޓަލް” ދިޔުމަށް ޝަރުފާ ކިޔައިދިނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރ އައިރިންގެ ބަލިހާލަތު ބަޔާންކޮށް “ރެފެރަލް ލެޓާރ” އެއް ދީފައިވާއިރު އިންޑިއާ އަށް ފުރުމުގެ ކަންތައް ހަމަޖެހުމުގެ ކުރިން އައިޖީއެމްއެޗްގެ “ބާރން ޔުނިޓް” ގައި ކުއްޖާ އެޑްމިޓްކޮށް ފަރުވާ ހޯދުމަށް ބުނެފައިވެއެވެ. އަދިވެސް ތުއްތު އައިރިން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާއިރު ރަނގަޅުނުވާތީ ޝަރުފާ އާއި އޭނަގެ ފިރިމީހާ ބޭނުންވަނީ އިތުރުފަރުވާ އަށް ކުއްޖާ އިންޑިއާއަށް ގެންދިޔުމަށެވެ. ހުން އައުމާއި ފިޓު ޖެހުން ރަނގަޅު ނުވާތީ އާސަންދައަށް އެދުމުން ރާއްޖެއިން ފަރުވާ ކުރެވޭނެ ކަމަށް ބުނެ މިހާތަނަށް އެކުއްޖާއަށް އާސަންދަ ހަމަ ޖެހިފައި ނުވެއެވެ. އެހެން ނަމަވެސް އެކުއްޖާގެ ހާލަތަށް ބަދަލެއްނާންނާތީ އެއާއިލާއިން ބޭނުންވަނީ ވީހާވެސް އަވަހަށް އިންޑިއާއަށް ފުރުމަށެވެ.

އައިރިން ގޮވައިގެން އެއާއިލާ އިންޑިއާ އަށް ފުރުމަށް އޮތް ހުރަހަކީ ބޭސްފަރުވާ އަށް އަދި ޕްލާސްޓިކް ސާޖަރީގެ އިތުރުން އިންޑިޔާގައި ތިބުމާއި ކެއުމާއި، އަދި އެނޫންވެސް ޒަރޫރީ ބޭނުންތައް ބެލެހެއްޓޭނެ ތަނަވަސް ކަމެއް އެއާއިލާގައި ނެތުމެވެ. އައިރިންގެ އާއިލާއިން އެދެނީ އެހީގެ ކުޑަމިންވަރެއްވެސް ދެވެން އޮތް ފަރާތެއްނަމަ އެހީވެދިނުމަށެވެ. އަދި އެހީވެވެން ނެތްނަމަ އައިރިން އަށް ހެޔޮދުއާ ކޮށްދިނުމެވެ.

އައިރިންގެ ބަލިހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7589392 (އައިރިންގެ މަންމަ) 7573535 މުހައްމަދު ވަހީދު (އައިރިންގެ ބައްޕަ) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް އައިޝަތު ޝަރުފާ (އައިރިންގެ މަންމަ) އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އާއިލާއިން އެދެއެވެ.

ފައިސާ އެކައުންޓް ނަންބަރު: 7730000037388

އެކައުންޓް ނަން: އައިޝަތު ޝަރުފާ

ޑޮލަރ އެކައުންޓް: ނެތް

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

 

2 ކޮމެންޓް
Taka
ޑިސެމްބަރު 13, 2021
Dhera kameh.. dhen asandha in vaguthun bunaane ehy dheygothashey othy.. ekamaku noohaku nujaha mi meehun mihaaru nudhey majlis membarun rkani mithanun vaakan ves kuran beynun thaakah
Abbey
ޑިސެމްބަރު 13, 2021
Addu ah covid ithuruvanee