English Edition
Dhivehi Edition

މި ދުވަސްކޮޅު މުޅިފޭސްބުކް ހިސޯރުކޮށްފައިވަނީ ‘ޓެން އިޔާސް ޗެލެންޖް’ގެ ނަމުގައި 2009 ވަނަ އަހަރު އަދި 2019 ވަނަ އަހަރު މީހާ ހުރި ގޮތުގެ ފޮޓޯތަކެވެ. ޓެން އިޔާސް ޗެލެންޖް އެންމެ ފުރަތަމަ ފެށީ ކާކުކަން އެގެން ނެތްނަމަވެސް މިކަންވީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ މަޖާ ކަމަކަށެވެ. ބައެއް މީހުން ޓެން އިޔާސް ޗެލެންޖްގައި އެމީހުންގެ ފޮޓޯތައް ޝެއާކުރަމުންދާއިރު ބައެއްމީހުންވަނީ އެމީހުންގެ ހުސް ވޮލެޓާއި،ފައިވާން ފަދަ ވަރަށް މަޖާ ފޮޓޯތައްވެސް ޝެއާރކޮށްފައެވެ.

މި ޓެން އިޔާސް ޗެލެންޖް ގިނަ ބަޔަކަށް ކަމު ދިޔަ އިރު މިކަމުގައިވެސް އެންމެ ކުރީގައި އުޅެނީ މަޝްހޫރު ފިލްމީ ތަރިންނެވެ. ބައެއް ތަރިން މީގެ 10 އަހަރު ކުރީގެ ފޮޓޯތައް ސޯޝަލްމީޑިއާއަށް ދޫކޮށްލާފައިވާއިރު އެމީހުން ބުނެފައިވަނީ މިއީ މާޒީ ހަނދާންކޮށްލަން ލިބުނު ރަގަޅު ފުރުސަތެއް ކަމުގައެވެ.މި ޗެލެންޖް ހަދާފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ސޯނަމް ކަޕޫރް، ރާޖްކުމާރް ރާއޯ، ޓީވީ ޕްރެޒެންޓާ މިނީ މާތޫރް ފަދަ ތަރިން ހިމެނެއެވެ.

ރާޖްކުމާރް ރާއޯ

ސޯނަމް ކަޕޫރް

މިނީ މާތޫރް

ޑެއިޒީ ޝާހް

މި ޗެލެންޖާ ބެހޭ ގޮތުން މަޝްހޫރު ސައިކޯލޮޖިސްޓް ޕަލްކިތް ޝަރްމާ ބުނީ މިއީ ހަމައެކަނި މީހާގެ ހަށިގަނޑަށް އަންނަ ބަދަލުއެކަނި އެގިގެންދާ އެއްޗެއް ނޫންކަމަށެވެ. މި ޗެލެންޖުން 10 އަހަރު ތެރޭގައި މީހާގެ ދިރިއުޅުމުގެ ވައްޓަފާޅީއަށާއި ޕްރޮފެޝަނަލް ލައިފަށް އަންނަ ބަދަލުތައް ވަރަށް ރަގަޅަށް އެގިގެންދާނެކަމަށެވެ.