English Edition
Dhivehi Edition
ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ވަން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖުމްހޫރީ ޕާޓީން ތައްޔާރުވެއްޖެ ކަމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

“މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރުވެއްޖައިން. އިންޝާﷲ” ގާސިމް ރޭ ކުރެއްވެވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޓްވީޓް ގައި ގާސިމް ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ވެރިކަން ލިބުނީމާ މިފަހަރުވެސް ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލީމާ ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާންޖަހަން ކަމަށެވެ.

މި ޓްވީޓްގެކުރިން ގާސިމް އިބްރާހިމްވަނީ، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާ ގުޅޭގޮތުން އެމްޑީޕީން ދެއްކި ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރައްދު ދެއްވައި ޓްވީޓެއް ކުރައްވާފައެވެ.

އެ ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ރޫޅާލަފާނެ ކަމަށް އެމްޑީޕީން ބުނުމުން ހައިރާންވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ޖޮއިންޓް ޕާލަ،ެންޓްރީ ގްރޫޕް މިހާރު އެބައޮތްތޯ ސުވާލު ކުރައްވާފައި ވެއެވެ.

“ޖޭޕީޖީ އެމްޑީޕީން ރޫޅާލަފާނެ ކަމަށް ބުނީމާ ހައިރާނެއްނުވޭ. ސުވާލަކީ މިހާރު އެބައޮތްހޭ؟ އިތުރަށް ރޫޅާކަށް. މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާއި އަހުދާ ޚިލާފްވެ އެ ނިމުނީ ނޫންތޯ؟” ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެއްވޭނޭގޮތް ހެއްދެވުމަށްޓަކައި ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ޖުމްހޫރީ ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލްލަތީފު މުޙައްމަދު، ހުށަހަޅުއްވި އިސްލާހް އަނބުރާ ނަގާފައިނުވާތީ، އެމްޑީޕީ ޕާރލަމެންޓްރީ ގްރޫޕުން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށްބުނެ އިއްޔެ ބަޔާނެއް ނެރެފައި ވެއެވެ.