English Edition
Dhivehi Edition

ހަބްރޫޓް ފްރީޑަމް އެފްސީ ކަޕް ގައި ރޭ ކުޅުނު ފައިނަލް މެޗުގައި މައިލޯ ވިމެންސީ އެފްސީ އާއި އައްޑޫއަންސް އެފްސީ ބައްދަލުކުރި މެޗު އައްޑޫއަންސް އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

ރޭ ފޭދޫ ދަނޑުގައި ކުޅުނު މި މެޗު އައްޑޫއަންސް އެފްސީ އިން ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ. މި މެޗުގައި އައްޑޫއަންސް އެފްސީ އަށް އަލްމާ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އެ ޓީމްގެ އާނީވެސް ވަނީ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި މައިލޯ ވިމެންސް އެފްސީ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަފާޒާއެވެ

މި މުބާރާތުގެ ނިންމުގެ ރަސްމިއްޔާތުގައި އެކު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ހަނދާނީލިޔުމާއި ތަށި ހަވާލުކޮށްފައިވާއިރ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައްޑޫއަންސް އެފްސީގެ އަލްމާއެވެ.މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އައްޑޫއަންސްގެ އައްޒަ،އަލްމާ، އާނީ މައިލޯ އެފްސީގެ ޖާޒީ ނަންބަރު 1 އަދި އެ ޓީމްގެ ޖާޒީ ނަންބަރު5 ނަހުދާއެވެ

އައްޑޫއަންސް އެފްސީއަކީ މީގެ ކުރިން އަވައެފްޓީގެ ނަމުގައި ކުޅެ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. މިއީ މި ޓީމްގެ ނަން ބަދަލުކޮށް އައްޑޫއަންސް ޓީމުން ކުޅުނު ފުރަތަމަ މުބާރާތެވެ