English Edition
Dhivehi Edition

ރާއްޖޭގައި އިންޑިއާ އިން އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވައިވާ ދެ ހެލިކޮޕްޓަރު އިންޑިއާގެ ސިފައިން އޮޕަރޭޓްކުރަމުންދާއިރު ދިވެހި ސިފައިން ނުބައްސައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާތީ ކުރީގެ ސަރުކާރުންވަނީ އިންޑިއާއެކު އެއްބަސްވުން އާނުކޮށް ހެލިކޮޕްޓަރުތައް ފޮނުވާލަން ނިންމާފައެވެ.އެހެންނަމަވެސް މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭވަނީ އިންޑިއާ އާއި އެކު އެއްބަސްވުން އާކޮށްފައެވެ.

ޝާހިދު “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނިމިދިޔަ ސަރުކާރުން ހެލިކޮޕްޓަރާއި ގުޅުވައިގެން ދައްކަމުން ދިޔައީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ.މީގެ އިތުރުން ޝަހީދު ވިދާޅުވީ ދެ ހެލިކޮޕްޓަރުވެސް އޮންނަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގައި ދަށުގައިކަމަށް މިނިސްޓްރީން ވިދާޅުވެފައިވާކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީގެ ހުއްދައެއް ނެތި ހެލިކޮޕްޓަރު ނުއުދުހޭ ކަމަށާއި އެމީހުންގެ ހުއްދަ ނެތި އެއްވެސް ތަނަކަށް ހެލިކޮޕްޓަރު ދަތުރު ނުކުރާ ކަމަށެވެ

ޓެގު