އައްޑޫސިޓީ ކައުންސިލުން ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އަދި ވަޒީރުންނާއި ބައްދަލުކުރައްވައިފިއެވެ
މި މަޝްވާރާ ބައްދަލުވުންތަކުގައި އައްޑޫސިޓީ ކައުންސިލުން ވަނީ އައްޑޫގެ ރައްޔިތުންނަށް އާ ސަރުކާރުން ކޮށްދޭން ވައުދުވެވަޑައިގަތް ކަންކަން ކޮށްދެވޭނެ ގޮތްގޮތާ ބެހޭގޮތުން ސަރުކާރާ މަޝްވަރާ ކުރައްވާފައެވެ
މިގޮތުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރަށްވައި އައްޑޫގައި ޓޫރިޒަމް އިތުރަށް ފުޅާ ކުރެވޭނެ ގޮތްގޮތާ ބެހޭގޮތުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.މިގޮތުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއިއެކު ބޭއްވުނު މަޝްވަރާ ތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި އައްޑޫގައި ފުޅާ ކުރުމާއި ގެސްޓް ހައުސް ހޯމް ސްޓޭއިގެ ވިޔަފާރި އިތުރުކޮށް ފުޅާކުރުމުގެ މަށްޗަށް މަޝްވަރާ ކުރެވުނެވެ.އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ފުރިހަމަ އެއްބާރުލުން މިކަމަށް ދެއްވާނެ ވާހަކަ އެމަނިކުފާނު ވަނީ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލް އިންއިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިޔާގެ ސަފީރު އަޙިލޭޝް މިޝްރާއި އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.މިޝްރާއި ބައްދަލުކުރަށްވައި އިންޑިޔާއާއި އައްޑޫއާއި ދެމެދު ދަތުރު ފަތުރު ކުރެވޭނެ ގޮތް ހެދޭނެ ގޮތާއި ކަނޑުމަގުން އިންޑިއާއިން އައްޑޫއަށް މުދާ އެތެރެ ކުރެވޭނެ ގޮތްގޮތާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.އަދި އިންޑިޔާ ސަފީރުގެ ފަރާތުން މިކަމަށް އުއްމީދު ތަކެއް ވަނީ ލިބިފައެވެ.