އަނިޔާވެރި ގޮތަކަށް މަރާލާފައި އެއްލާލާފައި ވާ 16އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑު އިންޑިއާގެ އަވަށަކުން ފެނިއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައި ވާގޮތުގައި، އެކުއްޖާ މަރާލާފައި ވަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އެގޮތުން އެއްކުއްޖާ މެރުމުގެ ކުރިން މޫނަށް އެސިޑްޖަހާ އުރަމަތި ކޮށާލައި މަރާލާފައި ވަނީ ބޯވެސް ބުރިކޮށްލާފައެވެ. އަދި މަރާލުމަށްފަހު އެކުއްޖާ ގެ ހަށިގަނޑު އެއްލާލާފައިވަނީ އެކުއްޖާ ދިރިއުޅޭގެއާ މަދުރުނޫން ހިސާބަކަށް ކަމަށްވެސް ފުލުހުން ބުނެއެވެ.
އިންޑިއާގެ އަވަށެއްކަމަށްވާ ބިހާރު ގައި ހިނގާފައިވާ މިހާދިސާ މިހާރު ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ. މަރާލާފައިވާ އަންޖަނާ ގެ ދައްތައާ ހަވާލަދީ ފުލުހުން ބުނީ ، އެކުއްޖާ ޑިސެމަބަރ މަހު 28 ވަނަދުވަހު ލޯބިވެރިޔާ އާއެކު ފިލާފައި ވާކަމަށެވެ. އަދި އެނބުރި ގެއަށް އައީ ޑިސެމްބަރ މަހު 31 ވަނަ ދުވަހުއެވެ. ނަމަވެސް އަންޖަނާގެ ބައްޕަ ފުލުހަށް އޭނަ ގެއްލިގެން މައްސަލަ ހުށަހެޅީ ޖެނުއަރީ4 ވަނަދުވަހު ކަމަށް ފުލުހުން ބުނެއެވެ.
އަންޖަނާގެ ދައްތަ ބުނީ ކޮއްކޮ ޑިސްމަބަރ މަހު 31 ވަނަދުވަހު ގެއަށް އައުމުން ބައްޕަ ގެ ރައްޓެއްސަކާ ހަވާލުކޮށްފަ އަންޖަނާ ބޭރަށް ފޮނުވިކަމަށެވެ. އޭގެފަހުން އޭނަ އެނބުރި ގެއަށް ނާންނަ ކަމަށް ބުނެ ބައްޕަ ފުލުހަށް ރިޕޯޓްކުރީ ޖެނުއަރީ 4ވަނަދުވަހު ކަމަށް އަނޖަނާގެ ދައްތަ ބުންޏެވެ.
މިހާދިސާ ތަހުޤީގު ކުރާފުލުހުން ބުނީ އަންޖަނާ ފެނިފައިވަނީ މަރާލާފައި ވާތާ ދެދުވަސްފަހުން ކަމަށެވެ. އަދި ބަޔަކު އެކުއްޖާ ރޭޕްކޮށް މަރާލީކަމަށް އާއިލާ މީހުން ބުނިނަމަވެސް މިހާތަނަށް ތަހުޤީގުގައި އެނގިފައި ވާގޮތުގައި އެކުއްޖާ ގެ މަރުގެ ފަހަތުގައި ވަނީ އޭނަގެ ބައްޕަކަމަށްލަފާކުރެވޭތީ މިހާރުފުލހުން ވަނީ އޭނަހައްޔަރު ކޮށް ތަހުޤީގު ފަށާފައެވެ.
ރަހުމްކުޑަގޮތަކަށް އަންޖަނާ މަރާލާފައި އޮތްވާ ފެނުމުން އިންޑިއާގެ އެކި އަވަށްތަކުގައި އޭނަ އަށް އިންސާފް ހޯދަދިނުމަށް އެތައްބަޔަކުދަނީ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުނެނެވެ.
އަންޖަނާގެ މަރުގެ ތަހްގީގު ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން ދާއިރު އޭނަގެ ހަށިގަނޑު މިހާރުވަނީ ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައެވެ.
ދުނުނިޔޭގައި ރޭޕް އަދި މަރުގެމައްސަލަ އެންމެ ބޮޑު އެއްޤައުމަކަށް އިންޑިއާ ވެފައިވާއިރު އެޤަމުމުވަނީ އަންހެނުންނަށާއި ކުޑަކުދިންނަށް އެންމެ ނުރައްކާ އެއް ޤައުމުގެ ގޮތުގައި ލޭބަލް ކުރެވިފައެވެ. ރިޕޯރޓް ތަކުން ދައްކާގޮތުގައި ކޮންމެދުވަހަކު އިންޑިއާގައި 100 އަށްވުރެ ގިނަރޭޕް ކޭސް ފައިލް ކުރެވެއެވެ.