English Edition
Dhivehi Edition

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ބުނި ނަމަވެސް މިއަދު ފެނިގެންދަނީ މި ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މީހުންގެ އަނގަތައް ބަންދުކުރަން މަސައްކަތް ކުރަމުންދާ މަންޒަރުތައް ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

“ސިރޫ އާޓްސް” ހިންގާ މުހައްމަދު ސިރުހާން ފުލުހަށް ހާޒިރު ކުރުމާ ގުޅިގެން ޚަލީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ . ސަރުކާރާ ދެކޮޅަށް ބަސް ބުނާ ރައްޔަތުމީހާ އަށް ތަފާތު އެކި ގޮތްގޮތުން ޖެއްސުން ކުރަމުންދާކަމަށެވެ.އަދި ސަރުކާރުން އެގޮތަށް ކަންތައް ކުރިއަސް ރައްޔިތުންގެ އެފަދަ ހައްޤުތަކަށް އަރައި ނުގަނެވޭނެ ކަމަށް ހަލީލުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހަލީލު ވިދާޅުވީ ސިރޫ އާރޓްސް އަށް ދައްކަމުންދާ ބިރަކަށް ސިރުހާނު ފަސް ނުޖެހޭނެކަމަށެވެ

ސިރުހާން ޕޮލިހަށް ހާޒިރުކުރީ ދީނީ ކަންކަމާ ގުޅުވައިގެން އެކި މީސްމީހުންގެ ފޮޓޯ އާއި ލިޔުންތައް ޝާއިއުކުރާތީ ކަމަށް “ސިރޫ އާޓްސް” ޕޭޖުގައި ވަނީ ބުނެފައިވެއެވެ.