English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމްގެ) ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 ހާއި ހަމަޔަށް އިތުރުކޮށްފިއެވެ.މިގޮތުން އިތުރުކޮށްފައިވަނީ މިއަރުގެ ޖަނަވަރީމަހު ފެށޭ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތެވެ.

މިއަހަރުގެ ޖަންވަރީގައި އައިޔޫއެމްގައި 54 ކޯހަކަށް ފުރުސަތު ހުޅުވާލައިފައި ވާއިރު މި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް އާ ހަމަޔަށް ކިޔެވުމުގެ ކޯސްތައް ހިމެނެއެވެ.މީގެ ތެރޭގައި ޝަރީއާ އެންޑް ލޯ,ޤުރުއާން, އިސްލާމިކް ފައިނޭންސް،އިސްލާމިކް ސްޓަޑީޒް، އެޑިޔުކޭޝަން، ލީޑަރޝިޕް، ، އަރަބިކް ލެންގުއޭޖް ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

މިފަހަރު އައިޔޫއެމްގައި ފަށާ އިތުރު ކޯސްތަކުގެ ތެރޭގައި ޢަރަބި ޓީޗަރުން ތަމްރީނު ކުރާ ޢަރަބި ޓީޗިންގެ ޑިޕްލޮމާ ކޯހާއި ޢަރަބި ޓީޗިންގ ޑިގްރީ ކޯސް ފާހަގަ ކޮށްލެވެއެވެ.މިއީ ރާއްޖޭގެ ސްކޫލުތަކަށް އަލަށް ތަޢާރަފުވެފައިވާ އަރަބި މާއްދާ ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީމް ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ފާށާ ކޯސްތަކެކެވެ.

އައިޔޫއެމްގެ ކޯސްތަކަށް ކުރުމަތިލުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު ޔުނިވާރސިޓީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ޔުނިވާރސިޓީއަށް ގުޅުއްވައިގެންނާއި އައިޔޫއެމްގެ ކޯސްތަކާ ބެހޭ ސަފްހާއިން ހޯދޭނެ ކަމަށް އައިޔޫއެމްއިން މައުލޫމާތުދެއެވެ.