English Edition
Dhivehi Edition

މާލޭއާއި ހުޅުމާލޭގެ 11 މިސްކިތެއްގައި ކީރިތި ޤުރުއާން އުގަންނައިދިނުމުގެ ޙަލަޤާތަކެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އައިޔޫއެމް އިން ބުނީ ކޮންމެ މިސްކިތެއްގައި ވެސް އަޞްރު ނަމާދަށްފަހު ހަފްތާއަކު ހަތަރު ދުވަހު ކީރިތި ޤުރުއާން ތަޖްވީދު މަގަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ޤާރިއަކާއިއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ.

މި ޙަލަޤާތަކުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ފުންނާބުއުސް ޤާރީން ކަމުގައިވާ މުޙައްމަދު ތައުފީޤް ޢަލީ، މުޙައްމަދު ރިޔާޟް، މުޙައްމަދު ނަޢީމް އަޙުމަދު ފިކުރީ، ޢަބްދުލް ވާޙިދު ޢަބްދުﷲ، އިބްރާހިމް ރަމްޒީ، އިބްރާހިމް ޝިފާޢު، މުހައްމަދު އަސްލަމް، އިބްރާހިމް ޒުހައިރު، މުހައްމަދު ޝިނާން މުނީރު، މުޙައްމަދު ވަޙީދު އަދި އިބްރާހިމް ޝަރީފް ކަމަށް ވެސް އައިޔޫއެމް އިން ބުންޏެވެ.

އައިޔޫއެމް އިން ބުނީ މި ބޭފުޅުން ކިޔަވައިދެއްވާނެ މިސްކިތްތަކާއި ގަޑިތައް އައި.ޔޫ.އެމް ގެ ރަސްމީ ފޭސްބުކް ޕޭޖުން http://(Islamic University of Maldives – IUM) އިން ލިބެނެ ކަމަށެވެ.

މި ޙަލަޤާތައް ކުރިޔަށްދާނީ ކޮންމެ ހަފްތާއަކު އާދީއްތަ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ އަޞުރު ނަމާދަށްފަހު އެ ޤާރީއަކަށް ކަނޑައަޅުއްވާފައިވާ މިސްކިތެއްގައެވެ.