English Edition
Dhivehi Edition

ރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރ ޗީފް އޮފް ޑިފެންސް ފޯސް އާއި ބައްދަލުކުރައްވައިފިއެވެ

މިއަދު ހެނދުނު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އެމެރިކާއިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހިޒް އެކްސެލެންސީ އެލެއިނާ ޓެޕްލިޓްސް އާއި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ހިޒް އެކްސެލެންސީ ރަންޑަލް ޝްރައިވަރ ބައްދަލު ކުރައްވައިފައެވެ.

އެމްއެންޑީއެފްގެ ވެބްސައިޓްގައި ވިދާޅުވީ މި ބައްދަލުކުރެއްވެވުމުގައި ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދެވޭނެ މަޝްރޫއުތަކާއި ބޭހޭގޮތުން މަޝްވަރާކުރައްވައި ދިވެހި ސިފައިން އެމެރިކާއިން ތަމްރީންކުރުމާއި އަދިި ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް ގުޅުން ހުރި ދާއިރާތަކުން އިތުރު އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައެްވާފައިވާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤުގެ އިތުރުން އެމެރިކާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާރޗޭ ލެޕްޓިނަންޓް ކާނަލް ޑޮގްލަސް ހެސް ބައިވެރިވެވަޑައިގެންނެވިއެވެ.