English Edition
Dhivehi Edition

ކުރީގެ އެކްޓަރ އަދި ޑައިރެކްޓަރ ރާކޭޝް ރޯޝަން އަށް ކެންސަރ ޖެހިފައިވާ ކަމަށް ރިތިކްރޯޝަން ބުނެފިއެވެ.

މަޝްހޫރް ފިލްމީ ތަރި ރިތިކް އޭނަގެ ބައްޕައަށް ކެންސަރ ޖެހިފައި ވާކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އޭނަ ބުނެފައި ވާގޮތުގައި ބައްޕައަށް ޖެހިފައި ވަނީ ކަރުތެރޭގެ ކެންސަރެވެ. އަދި އޭނަގެ ބައްޕަ އަށް އެބަލި ޖެހުނުކަން އެނގުނު އިރު ކުރިމަތިވެފައިވަނީ ކެންސަރ ގެ ފުރަތަމަސްޓޭޖް އާ ކަމަށްވެސް ރިތިކް ވަނީބުނެފައެވެ.

ރާކޭޝްރޯޝަން 1970 ވަނަ އަހަރުން ފެށިގެން 1989 ވަނަ އަހަރާ ހަމައަށް 84 ފިލްމްގައި މަސައްކަތް ކޮށްފައިވެއެވެ. ރާކޭޝް ރޯޝަން ޑައިރެކްޓް ކޮށްފައިވާ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި ކޮއިމިލްގަޔާ، ކަހޯނާޕިޔާރް ހޭ، އަދި ކްރިޝް ހިމެނެއެވެ.

މިދިޔައަހަރުވެސް ވަނީ ބޮލީވުޑްގެ ގިނަތަރިންތަކެއް މިބަލީގެ ޝިކާރައަކަށްވެ ފަރުވާ ހޯދަން ފަށާފައެވެ. އެގޮތުން އިރްފާން ހާން، އަޔުޝްމަންގެ އަންހެނުން، އަދި މަޝްހޫރް ތަރި ސޮނާލީވެސް ހިމެނެއެވެ.