English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ވީނުވީއެއް ނޭނގި ޒުވާނަކު ގެއްލިގެން ފުލުހަށް ހުށަހެޅިތާ 3 މަސްފަހުން އޭނަ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހޯދަމުންދަނީ، ނ.ހެނބަދޫ، އެންދެރިމާގެ މުޙައްމަދު އަޒުމީރު (25އ) އެވެ. އޭނާ ގެއްލުނު މައްސަލަ ބަލަމުންދަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާގޮތުގައި އަޒުމީރު މީގެ ތިންމަސް ކުރިން ފިލާފައިވަނީ އެރަށުގައި ހިނގާފައިވާ ކަމަކާއި ގުޅިގެންނެވެ.

މުޙައްމަދު އަޒުމީރު އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792039 ނުވަތަ 3322111 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.