English Edition
Dhivehi Edition

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ތައާރަފްކުރުމަށް، އެކަމަށް ބޭނުންވާ ސާމާނު މަސްވެރިންނަށް ދޫކުރާނެ އުސޫލެއް ފިޝަރީޒް މިނިސްޓްރީން ކަނޑައަޅައިފިއެވެ

އެ މިނިސްޓްރީން ބުނީ މި ބާވަތުގެ މަސްވެރިކަމަށް ބޭނުންވާ ސާމާންތަކަކީ ކަރަންޓުން ބޭނުންކުރާ ތަކެއްޗަށް ވާތީ އަގު ބޮޑު ތަކެތި ކަމަށެވެ. އެހެންކަމުން އެ އެއްޗެހި ފޯރުކޮށްދޭން ނިންމާފައި ވަނީ ދިގު މުއްދަތުން ފައިސާ ދައްކައިގެން މިލްކު ކުރެވޭ ގޮތަށްކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ

ހުޅުމާލޭގައި ހުންނަ މިނިސްޓްރީގެ ފެޑް ސެންޓަރުގައިތުތިބޯވަދިލަ މަހުގެ މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ދައްކާލުމަށް ބަހައްޓާފައިވާއިރު، މި ސާމާނު ބޭނުން މީހުން އެކަމަށް އެދި، މި މަހުގެ 31 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ

މިތަކެތި ދޫކުރުމުގައި ޒުވާން މަސްވެރިންނަށް އިސްކަންދިނުމަށް ނިންމާފައިވާއިރު، މި ސާމާން ދޭން ހަމަޖައްސާފައި ވަނީ އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް، ނުވަތަ މަސްވެރިކަމަށް ކުއްޔަށް ހިފާފައިވާ ބޯޓެއް އޮތް މީހުންނަށެވެ .ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ އާލާތުގެ ސެޓެއްގެ އަގަކީ 249،018.73ރ. ކަމުގައިވާއިރު މި ތަކެތި ފޯރުކޮށްދޭ އުސޫލުގެ ދަށުން، ކޮންމެ މަހަކު އެ މިނިސްޓްރީއަށް 4،446.77 ރުފިޔާ ދައްކަން ޖެހެ އެވެ

މަސްވެރިކަމަށް ބޭނުންވާ ތަކެތި ލިބޭ މީހުންނަށް ތުތިބޯވަދިލަ މަސްވެރިކަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީންވަނީ ނިންމާފައެވެ

 

.