English Edition
Dhivehi Edition
ރާއްޖޭގެ ކަނޑުފަޅު ދިރާސާގެ ތެރެއިން - ފޮޓޯ: އެމްއެމްއާރްއައި

ރާއްޖޭގައި މުޅިން އަލަށް މެރިކަލްޗަރ އިންޑަސްޓްރީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ވިދާޅުވެއްޖެއެވެ.

‘ޕީއެސްއެމް’ އަށް މައުލޫމާތު ދެމުން މުއްތަލިބު ވިދާޅުވީ އެ މިނިސްޓްރީގެ މިސްރާބު ހުރީ ރައީސްގެ ވިސްނުން ފުޅާއެކު ކަނޑާއި ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހޯދާދިނުމަށް މަސައްކަތްކޮށް އިންވެސްޓްމެންޓް ހޯދުމަށްކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަސް ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު މިއަހަރުގެ މިދުވަހުގެ ޝިއާރަކީ “ކެޓެލައިޒިން އެކްޝަން ފޯރ އަވަރ އޯޝަން އެންޑް ކްލައިމެޓް”އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު މި ދުވަހާއި ގުޅުވައިގެން ކުރެހުމުގެ މުބާރާތަކާއި، މަޒުމޫނު ލިޔުމުގެ މުބާރާތެއްގެ އިތުރުން ކުއިޒް މުބާރާތަކާއި، މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ބާއްވާފައެވެ. މީގެ އިތުރުން ދުވަހާއި ގުޅުވައިގެން މަސް ރޭހަކާއި ސާފުކުރުމުގެ ހަރަކާތަކާއި “އެންމެން މޫދަށް” ނަމުގައި މޫދު ހަރަކާތެއް ވަނީ ބާއްވާފައެވެ.