English Edition
Dhivehi Edition

ހުޅުމަލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓި ބިދޭސީއަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެއެވެ.

މިއަދުގެ މެނދުރު ވަގުތެއްގައި ހިނގާފައިވާ މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަށް ހުޅުމާލޭގެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު އިތުރު ފަރުވާއަށް ވަނީ އައިޖީއެމްއެޗް އަށް ބަދަލު ކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެމީހާގެ އަތްބިންދައިގެން ގޮސް ވަނީ އަތުގެ ކަށިގަނޑު ބޭރަށް ނިކުމެފައެވެ. އަދި ބޮލަށް އަނިޔާއެއްލިބިފައި ވާކަމަށް ލަފާކުރެވޭތީ އައިޖީއެމް އެޗަށް ބަދަލުކުރީ މިއަދު މެންދުރު 14:30 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާހިނގާފައިވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރަމުންދިޔަ ސައިޓަކުން ކަންއަދި ސާފުނުވެއެވެ. މީގެ ދެހަފްތާ ކުރިންވެސް ވަނީ މާލޭގައި މަސައްކަތް ކުރަމުންދިޔަ އިމާރަތެއްގެ މަތިން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ކޮތަޅެއްވެއްޓި އެކުއްޖާ ވަނީ ނިޔާވެފައެވެ.