English Edition
Dhivehi Edition

ފިނިފެންމާ ލޯޗުގައި ބޮން ގޮއްވާލި ހާދިސާއާ ބެހޭ ގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒު ދެއްކެވި ވާހަކަތަކަށް އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ

ރޭ ނޫސްވެރިންނާއި ބައްދަލުކޮށް މުއާޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ މުއާޒު ދެއްކެވި ވާހަކަތަކީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ނަހަމަ ފައިސާ ދެއްކި ވާހަކަތަކެއް ކަމަށެވެ. “މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް. އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް” އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ އޭގެ ރޯ ފައިލް މިހާރު ވެސް އެބައޮތްކަމަށާއި ރައީސް އޮފީހުން އެމައްސަލަ އަލުން ބައްލަވަންވީ ކަމަށެވެ

ރޭ މުއާޒް ވިދާޅުވީ ލޯންޗް ގޮވި ވަގުތު އަލިފާން ނުފެންނަ ކަމަށާއި އަލިފާނުގެ ކުލަ ފުރަތަމަ ފެނުނީ ވެސް އުމަރު ނަަސީރު އޭނާގެ އަތައް ދެއްވި ސީޑީއެއްގައި އިން ވީޑިއޯ އަކުން ކަމަށެވެ.މުއާޒުގެ މި ވާހަކަތަކާއި ގުޅިގެން ޕީޕީއެމް އިންވަނީ މުއާޒުގެ ވާހަކަ ދޮގުކޮށް ބަޔާނެއްވެސް ނެރެފައެވެ

.