English Edition
Dhivehi Edition

ނިމިގެން މިދާ އަހަރަކީ ވަރަށް އާދަޔާ ޙިލާފް އެތައް ކަންތައްތަކެއް އެތައް ބަޔަކަށް ދިމާވި އަހަރެކެވެ. މިގޮތުން ކުއްލި ހާލަތުގައި ގުޅާ ފަރާތްތަކަށްވެސް މި އަހަރު ވެގެން ދިޔައީ އާދަޔާ ހިލާފަށް ބޭކާރު ކަންކަމުގައި މީހުން ގުޅި އަހަރަކަށެވެ.

މިގޮތުން ރެސްޓްޓޯރެންޓް ތަކަށް ގޮސް ކާއެއްޗެހި ގެންނަލެއް ލަސްވުމުން އިމެޖެންސީ ނަމްބަރަށް ގުޅުމާއި ކާއެއްޗެހި އެތަނަކުން ހުސްވުމުންވެސް އިމެޖެންސީ ނަމްބަރުތަކަށް ގުޅާފައި އެބަހުއްޓެވެ. މިފަހަރު މީހަކު މިވަނީ ރެސްޓޯރެންޓުން ކުކުޅު ހުސްވެގެން އެކަމާ ހިންހަމަ ނުޖެހިގެން އިމެޖެންސީ އޮޕަރޭޓަރަށް ގުޅާފައެވެ.

މި ހާދިސާ ހިނގީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމު ކަމަށްވާ ދުބާއީގައެވެ. ދުބާއީ ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް،ޑައިރެކްޓަރ އޮފް ކޮންޓެކްޓް ސެންޓަރ މޭޖަރ ޑރ.މުހައްމަދު އަލީ އުބަދް ވިދާޅުވީ ފުލުހުން ހުރިހާ ކޯލަކަށްވެސް ޖަވާބުދޭން ޖެހޭ ކަމަށާއި 999 އަކީ މީހުން ކުއްލި ހާލަތުގައި ގުޅާ ނަމަބަރު ކަމަށެވެ. އަދި އޭނާ ބުނީ މި ކޯލުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ކައިރީ ހުންނަ ފުލުސް އޮފީހަކަށް ރިޕޯޓް ކުރާ ކަމަށެވެ.

ބައެއް ފަރާތްތަކަށް ކުއްލި ހާލަތުގައި ގުޅާ ފުލުހުންގެ ނަންބަރުގެ ހަގީގީ ބޭނުން ނޭނގެނީ ކަމަށްވެސް ވެދާނެއެވެ. ކުއްލި ހާލަތުގައި ގުޅާ ނަންބަރަށް ގުޅުއްވާނީ ފުލުހުންނާ ގުޅޭ ކަންކަމުގައިއެވެ.