ސްމާޓް ފޯނަކީ މިހާރު އެންމެންގެ އަތުގައިވެސް އޮންނަ އަދި އެއާއި ނުލާ ނޫޅެވޭނެ ވަރަށް އެ ގެންގުޅުން ދެވިހިފާފައިވާ އެކަށްޗެވެ.21 ވަނަ ޤަރުނުގެ އެންމެ ބޭނުންތެރި އެކަށްޗަށް ސްމާޓް ފޯން ވެފައިވާއިރު ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ފަސޭހަކަމާއެކު ކޮށްދިނުމަށް އެހީވެދޭ ބައިވެރިޔަކީވެސް ސްމާޓް ފޯނެވެ.ބައެއް ފަހަރު އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވާދިނުމުގެ ސަބަބުން ސްމާޓް ފޯނު އަތުން ދޫކޮށްލުން ވަނީ އެންމެ އުނދަގޫ ކަމަށް ވެފައެވެ.ކަން މިހެން އޮތް އިރު މިހާރު މިވަނީ ވަރަށް ހިތާމަވެރި ވާހަކައަކާވެސް ކުރިމަތި ލާން ޖެހިފައެވެ.ސްމާޓް ފޯނު ޖަރާސީމުގެ ކިއްލާޔަކަށް ވެފައިވާކަމުގެ ވާހަކައެވެ.
ފާހަނާއަކީ ކިތަންމެ ގިނައިން ސާފުކުރިޔަސް ސާފު ނުވާނެ އެއް ތަނެވެ. ފާހަނާއަކީ އެތަނުގައި ގިނަ އަދަދަކަށް ޖަރާސީމު ހުންނަ އެއްތަނެވެ. މިފަހުން ކުރި ދިރާސާއަކުން ބުނާ ގޮތުގައި ފާހަނާއަކަށް ވުރެ ހަތްގުނަ އިތުރަށް ޖަރާސީމު އަހަރުމެން ގެންގުޅޭ ސްމާޓް ފޯނުގައި ހުރެދާނެއެވެ.އަދި ލެދަރު ކަވަރެއް ލައްވާފައި އޮތިއްޔާ މި އަދަދު އިތުރު ވާނެއެވެ.އަދި ސާފު ރަބަރު ކަވަރެއްގައި އޮންނަ ފޯނެއްގައި ޖަރާސީމު ހުންނަ މިންވަރު މިއަށްވުރެ ދަށްވާނެއެވެ.
މި ދިރާސާ ކުރި ފަރާތުން ނެރުނު ރިޕޯޓް ބުނާ ގޮތުން ބަރާބަރަށް ސާފު ކުރާ ފާހަނާއެއްގައި 220 ޖަރާސީމު ހުންނަ ކަމަށް ދައްކާއިރު ސްމާޓް ފޯނެއްގައި 1479 ޖަރާސީމު ހުރެއެވެ. މިއީ ޖަރާސީމު ދެނެގަންނަ އަލި ބޭނުންކޮށްގެން ކުރި ދިރާސާއެކެވެ.
2011 ވަނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖިން އެންޑް ޓްރޮޕިކަލް މެޑިސިންގެ ސައިންސްވެރިން ކުރި ދިރާސާއެއްގަސި ވާގޮތުން ކޮންމެ ހަ ފޯނަކުން އެއް ފޯނެއްގައި އިންސާނުންގެ ބޮޑުކަމުދާ ތަކެތީގެ ޖަރާސީމް ހިމެނެއެވެ.އަދި މި ޖަރާސީމުގެ ތެރޭގައި އީ ކޮލީ ބަގްސް ހިމެނޭއިރު މިއީ ފުޑް ޕޮއިޒަނިންގް އާ ކުރިމަތި ކުރުވާ ބާވަތެކެވެ.
ދެން ފަހަރެއްގައި ފާހަނާ ކުރަން ވަންނައިރު މިކަންތަކާމެދު ވިސްނާލުން ވަރަށް މުހިއްމެވެ.ތިމާ މިކަމަށް ރައްކާތެރި ނުވިއަސް އަނެކާގެ ރައްކާތެރިކަމަށް ބަކަން ހަނދާންކުރަން މުހިންމެވެ.