English Edition
Dhivehi Edition

މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލް އާއި ގުޅުނު މިޑްފީލްޑަރ ހެންރިކް މިކިތާރްޔަންއަށް އަނިޔާވެ ހަ ހަފްތާއަށް ކުޅުމާދުރަށް ދާނެ ޖެހިއްޖެ އެވެ.

މިކިތާރްޔަންއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިފައިވައި މިވަނީ ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި މިދިޔަ ހަފްތާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައެވެ.

ލީގު ކަޕްގައި ލިބުނު އަނިޔާ އާއި ގުޅިގެން އަރްމޭނިޔާ ގައުމީ ޓީމް އަދި އާސެނަލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދާ މިކިތާރްޔަންގެ އަނިޔާއާއި ގުޅިގެން އާސެނަލުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ކަނާތު ފައިގެ ކަށިގަނޑެއްގައި ރެނދުލުމުގެ ސަބަބުން ހަ ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް އާސެނަލްގެ މެޑިކަލް ޓީމުން ލަފާކުރާކަމަށެވެ.

އަނިޔާގެ ސަބަބުން އެންމެ ފަހުން ލީގުގައި އާސެނަލް ބާންލީ ބަލިކުރި މެޗުގައިވެސް މިކްތާރްޔަން ކުޅެފައެއް ނުވެއެވެ.

ޖާމަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އުމުރުން 29 އަހަރުގެ މިކިތާރްޔަން އާސެނަލާ ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑުންނެވެ.

އަނިޔާގެ ސަބަބުން ލީގުގައި ކުޅޭ މުހިއްމު މެޗުތަކެއް މިކިތާރްޔަން އަށް ގެއްލޭނެއެވެ. ލީގުގައި މިހާތަނަށް ހަތަރު ގޯލު ޖަހައިފައިވާ މިކިތާރްޔަންއަށް ގެއްލޭ މުހިއްމު މެޗުތަކުގެ ތެރޭގައި ލިވަޕޫލާއި، ޗެލްސީ އަދި މެންޗެސްޓަރ ސިޓީއާ ވާދަކުރާ މެޗު ހިމެނެއެވ