English Edition
Dhivehi Edition

އަޅުގަނޑުމެންގެ ތެރޭގައިވެސް ބަޔަކު އަނދާފައިހުންނަ ޕާނާއި ރޮށި އަދި މީގެ އިތުރުން އަނދާފައި ހުންނަ ބައެއް އެހެން ކާނާ ކައިހަދައެވެ. ނަމަވެސް މީރުވެގެން އަންދާފައި ކާނާކެއުމުގެ އާދަ ގެންގުޅޭ އިރު އެކަމުގެ ގެއްލުމާއި މެދު އެއްވެސް ބަޔަކު ވިސްނާފައި ވާހެނެއް ހިޔެއްނުވެއެވެ.

ޔޫކޭގެ އެޖެންސީއެއްކަމަށްވާ ފުޑްސްޓެންޑާޑް އެޖެންސީ (އެފްއެސްއޭ) އިން ބުނެފައިވަނީ މާބޮޑަށް އަނދާފައި ހުންނަ ޓޯސްޓް ނޫނީ އެހެނިހެން ކާނާތަކުގައި ކެންސަރަށް މަގުފަހި ކުރުވާ ނުރައްކާތެރި މާއްދާއެއް އެކުލެވޭ ކަމަށެވެ. އެފްއެސްއޭ އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ހަކުރު އެކުލެވޭ ޕާންފަދަ ތަކެތި މާބޮޑަށް އެންދުމުން އޭގައި “އެކްރިލަމައިޑް” ކިޔާ ނުރައްކާތެރި މާއްދާއެއް އުފެދެއެވެ. މިމާއްދާއަކީ ކަރުދާހާއި ޕްލާސްޓިކް އުފެއްދުމަށް ފެކްޓްރީތަކުގައި ބޭނުންކުރެވޭ މާއްދާއެއްކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

މީގެ އިތުރުން “ޑަޗްސްޓަޑީ” އިން ބުނެފައިވާގޮތުގައި އަލުވި، ޕާން ފަދަ ހަކުރު ހިމެނޭ ކާނާ ކައްކަން ޖެހޭމިންވަރަށް ވުރެން އިތުރަށް ނޫނީ މާބޮޑަށް އެނދުމުން އަލުވި އަދި ޕާނުގައި ހިމެނޭ “އެސްޕެރަގައިން” ނަމަކަށް ކިޔާ އެމައިނޯ އެސިޑް އޯވަހީޓް ވީމަ އެކްރިލަމައިޑް އުފެދެއެވެ. އެހެން ކަމުން ނަތީޖާ އަކަށް ވަނީ އަޅުގަނޑުމެނެގެ ހަށިގަނޑުގައި އެކުލެވޭ ސެލްތަކާއި ނާވްޓިޝޫ ތައް މިވިހަގަދަ މާއްދާއިން ހަލާކުވެ އަޅުގަނޑުމެންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެހެނިހެން ސިއްހީ މައްސަލަތަކާ ވެސް ކުރިމަތި ވުމެވެ.

ފުޑްސްޓެންޑާޑް އެޖެންސީ އިން މިހޯދުން ހޯދާފައި ވީނަމަވެސް ވޯލްޑްހެލްތް އޯގަނައިޒޭޝަނުން ބުނެފައިވަނީ “އެކްރިލަމައިޑް” ގެ ގެއްލުންތަކާބެހޭ ގޮތުން ދެކެވޭ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫނެވެ. އެހެން ނަމަވެސް ކެންސަރ ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ޓަކައި ބައެއް ކަހަލަ ކާބޯތަކެތި މާގިނައިރު ވަންދެން ނުކެއްކުން މުހިންމު ކަމަށް އެޖަމިއްޔާއިން އިލްތިމާސް ކުރާކަމަށެވެ.