އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ކަމުން ޖޯސޭ މޮރީނިއޯ ވަކިކުރުމަށް ފަހު އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ލީގުގައި ޔުނައިޓެޑް ކުޅުނު މިމެޗު އެ ޓީމުން ކާމިޔާބުކުރީ ކާޑިސް ސިޓީ އަތުން 5-1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.މިއީ އެ ކުލަބްގެ އެންމެ ކާމިޔާބު ކޯޗު ފާގަސް ކުލަބް ދޫކުރިފަހުން އެ ކުލަބުން ޓީމެއް ކޮޅަށް ފަސް ލަނޑު ޖެހި ފުރަތަމަ މެޗެއެވެ.
ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުރިން އިރުޝާދުދިން ކާޑިފާ ދެކޮޅަށް ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑްގެ ޖެސޭ ލިންގާޑް ދެ ގޯލު ޖެހިއިރު މާކަސް ރެޝްފޯޑާއި އެންތަނީ މާޝިއަލް އަދި އެންޑަ ހެރޭރާ ގޯލް ޖެހި އެވެ. ކާޑިފަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވިކްޓަ ކަމަރާސާ އެވެ
މި މޮޅާ އެކު ޔުނައިޓެޑްއިން 29 ޕޮއިންޓާ އެކު ލީގުގެ ހަވަނާގައި އޮތްއިރު ލީގުގެ ހަތަރު ވަނާގައި އޮތް ޗެލްސީއަށާއި ފަސްވަނާގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 37 ޕޮއިންޓެއެވެ.
ޔުނައިޓެޑުން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ބޭނުން ނަމަ ލީގުގެ ހަތަރު ވަނަ މަގާމު މަދު ވެގެން ހޯދަން ޖެހޭނެއެވެ.