English Edition
Dhivehi Edition

އިޓާލިއަން ލީގުގެ އިންޓާމިލާންއިން އެ ކުލަބްގެ ބެލްޖިއަމް ކުޅުންތެރިޔާ ނައިގޮލާން އަހްލާގީ މައްސަލައަކާއި ގުޅިގެން ފުޓް ބޯޅައިގެ ހަރަކާތަކުން ސަސްޕެންޓްކޮށްފިއެވެ.

އިންޓަމިލާންގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ”ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އަހްލާގީ މަސައްލަ އަކާއި ގުޅިގެން ނައިގޮލާން ސަސްޕެންޑް”ކޮށްފައިވާ ކަމަށެވެ.

މި ސީޒަންގައި އިޓަލީގެ ރޯމާއިން 30 މިލިއަން ޕައުންޑްއަށް ބަދަލުވި ނައިގޮލާންއަށް ވަނީ މިސީޒަންގައި އިންޓާއަށް އަދި އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ.އެހެން ނަމަވެސް ނައިގޮލާން ވަނީ މިދިޔަ ސީޒަންގައި ރޯމާގައި މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސްޕެއިންގެ ބާސެލޯނާ ކެޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ރޯމާގައި ކާމިޔާބު ސީޒަންނެއް ހޭދަކުރުމަށް ފަހު އިންޓާއަށް ބަދަލުވި ނައިގޮލާން ވަނީ އޭނާ ކުޅުނު 15 މެޗުގައި ތިން ގޯލު އިންޓާއަށް ކާމިޔާބުކޮށްދީފައެވެ.