English Edition
Dhivehi Edition

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އުފެއްދުމުގެ އާންމު ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ

ޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން އުފައްދާ އެމްޓީޑީއަށް، އެ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ހުއްދަ ދީފައިވާއިރު އެ ޖަލްސާ ބާއްވާނީ މީޑިއާތަކަށް އާންމުކޮށް ހުޅުވާލައިގެންކަމަށް އެ ޕާޓީންވަނީ ބުނެފައެވެ

އެމްޑީޓީ އިން ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވާއިރު ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު އޮންނަ ގޮތުން ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށް ދޭނީ ޕާޓީ އުފެއްދުމުގެ ޖަލްސާގައި 300 މީހުން މަދުވެގެން ބައިވެރިވެ، އެ ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ

ޓެގު