English Edition
Dhivehi Edition

ސްޕެއިންގެ ލަލީގާގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާ އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯއާ އާއި ދެކޮޅަށް ކުޅުުނު މެޗު ފަސޭހަ ކަމާއި އެކު ސެލްޓާ ބަލިކޮށް އެއްވަނައިގެ ލީޑު ދަމަހައްޓާއިފިއެވެ.

ލީގުގައި ރޭ މި ދެ ޓީމް ބައްދަލު ކުރި މެޗު ބާސެލޯނާ ކަމިޔާބުކުރީ 2-0 ލަނޑުގެ ތަފާތަކުންނެވެ.

މި މޮޅާއެކު ބާސާ ވަނީ އެޓީމު ލީގު ތާވަލުގެ އެއްވަނާގައި ދަމަހައްޓަމުން އަންނަ ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓާފައެވެ. ބާސެލޯނާއަށް ކުޅުނު 17 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެއެވެ.ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑްއަށް 34 ޕޮއިންޓް ލިބޭއިރު ތިން ވަނަ ލިބެނީ 31 ޕޮއިންޓާއި އެކު ސެވިއްޔާއަށެވެ.އަދި އެންމެ ފަހުގެ ޔޫރަޕް އަދި ކުލަބް ވޯލްޑް ކަޕް ޖެހި ޖެހިގެން ތިން ފަހަރު ކާމިޔާބު ކުރި ރެއަލްމެޑްރިޑް އޮތީ 29 ޕޮއިންޓާއި އެކު ތާވަލްގެ ހަތަރުވަނާގައެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިމެޗުގައި ބާސެލޯނާއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފްގައެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި އުސްމާން ޑެމްބެލޭ ކާމިޔާބުކޮށްދިން އިރު މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީއެވެ.

އެންމެ ފަހުން ސީޒަންގައި ވެސް ލީގުގައި އެންމެ ގިނަ ލަނޑުޖަހައި ގެންދޭ ރަންބޫޓް ހާސިލް ކުރި މެސީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން 15 ގޯލު ޖަހާފައެވެ.