English Edition
Dhivehi Edition
ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގެ މެމްބަރުންނާ އެކު ހޯމް މިނިސްޓަރު ޝެއިހް އިމްރާން-- ފޮޓޯ:ޓްވިޓަރ

ޖަލު ގެ ހާލަތުބަަލައި ޖަލު އޮޑިޓް ކޮށް 75 ދުވަސްތެރޭގައި ނިމޭނެކަމަށް ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގެ ރައީސް ޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ވިދާޅުވެއްޖެއެވެ.

ޖަލުގެ ހާލަތުބަލައި އިސްލާހު ކުރަންޖެހޭ ގިނަކަންތައް ތައް ހުރިކަން ފާހަނގަކޮށް ޝެއިހް އަބްދުލް ކަރީމް ވިދާޅުވީ ކޮމިޝަން އެކުލަވާލާތާ 75ދުވަސްތެރޭގައިމަސައްކަތް ނިންމުމަށް އަމާޒު ކޮށްފައި ވާކަމަށާއި ޖަލުތައް އޮޑިޓް ކުރުމުގެ ޕްލޭންތައް މިހާރު ވަނީ ނިމިފައި ކަމަށެވެ.
އެހެންކަމުން ބަންދު ދުވަސްތައް ވެސް ހިމަނައިގެން 75 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި، ހޯމް މިނިސްޓަރަށް އޮޑިޓް ހުށަހަޅަން ޖެހޭފަހު ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހުއެވެ.
ވޭތުވެދިޔަ ސަރުކާރުގައި ޖަލުގައި ތިބި ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ލބިފައިނުވާ ކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މިފަދަ ކަންކަމާހެދި މިދިޔައަހަރާ މިއަހަރާ ވެސް ޖަލުގައި އެތައްގައިދީންނެއްވަނީ މަރުވެފައެވެ. ހިސާބުތަކުން ދައްކާގޮތުގައި ޖަލުަގައި ފަރުވާނުލިބި މަރުވީގައިދީންގެ އަދަރު 18 އަށްވުރެ މައްޗެވެ. މިދިޔަ އަހަރު ޖަލުގައި 5 ގައިދީއަކު މަރުވެފައިވާއިރު މިއަހަރުވަނީ ފަރުވާދެމުން ގެންދަނިކޮށް 3 ގައިދީއަކު މަރުވެފައި ވެއެވެ. މީގެ އިތުރުން 2016 ވަނައަހަރު ޖަލުގައި ހަގައިދީއަކު މަރުވެފައިވާ ކަމަށް ހިސާބު ތަކުން ދައްކައެވެ.
ޖަލުތަކުގެ ހާލަތު ބަލައި، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.