English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލް އާއި ވުލްވްސް ކުޅުނު މެޗު 0-2 ލަނޑުން މޮޅުވެ ލީގްގެ އެއް ވަނައިގައި ލިވަޕޫލް ލީޑު ފުޅާކޮށްފިއެވެ.

ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ 47 ޕޮއިންޓާއި އެކު ލިވަޕޫލް އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއިން ވަނީ 44 ޕޮއިންޓް ހޯދާފައެވެ. ތިންވަނާގައި 39 ޕޮއިންޓާއި އެކު ޓޮޓެންހަމް އޮތްއިރު ހަތަރު ވަނާގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 37 ޕޮއިންޓެއެވެ.

ލީގުގައި މިއަދު ކްރިސްޓަލް ޕެލޭސްއާއި މެންޗެސްޓަރ ސިޓީ ބައްދަކުރާ މެޗުން މޮޅުވެ އެންމެ ފަހުގެ ލީގު ޗެޕްއަން ސިޓީއަށް މިވަގުތު އެއްވަނާގައި އޮތް ލިވަޕޫލް އާއި ޕޮއިންޓަކަށް ފަރަގު ކުޑަކުރެވޭނެއެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ވެހެމުން ދިޔަ ބޯވާރޭ ތެރޭވެސް ފެނިގެން ގޮސްފައިވާއިރު މެޗުގައި ލިވަޕޫލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗު 18 ވަނަ މިނެޓްގައި މިސްރުގެ ފޯވާޑް މުޙައްމަދު ޞަލާޙް ކާމިޔާބުކޮށްދިން އިރު މި މެޗްގައި ލިވަޕޫލްއިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ނެދަލޭންޑްސްގެ ވާޖިލް ވަން ޑައިކްއެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ޓީމެއްގެ ގޮތުގައި ކުޅެފައިވާ ކަމަށާއި މިމެޗަކީ ލީގު ހޯދުމަށް ލިބުނު ހިއްވަރެއް ކަމުގައެވެ.

ކްލޮޕް ބުނީ 1990 ވަނަ އަހަރު ފަހުން ލިވަޕޫލްއަށް ލީގުގެ ތަށި ލިބިފައި ނުވުމުން މިފަހަރު އެކަން ހާސިލުކުރަން ބޭނުން ކަމަށާއި މިއީ މުޅި ލިވަޕޫލް ހިއްވަރު ކުރަން ޖެހޭ ވަގުތު ކަމަށެވެ.

ލީގުގައި ދެން އެންމެ އަވަހަށް ލިވަޕޫލް ކުޅޭ މެޗުގައި މިމަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ނިއުކާސަލް އާއި ދެ ކޮޅަށެވެ.