English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފިއެވެ

ރޭ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރޭވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީ ހައްގުވާ މިންވަރު ހޯދައިދޭން ޖެހޭ ކަމަށާއި އެ މަސައްކަތް ފެށުން މާ ބޮޑަށް ވެސް ލަސްވެފައިވާކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ޖަމީލް ‘މިހާރު’ ނޫހަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ ވިލިމާލެއަކީ ކޮންމެހެން ވެސް ތަރައްގީ ބޭނުންވާ ރަށެއް ކަމަށެވެ.އެހެންކަމުން މުސްތަގުބަލުގައި ކުރަހާ ޗާޓުގައި، މާލެ އާއި ވިލިމާލެ އަދި ތިލަފުށި ބްރިޖަކުން ގުޅާލައި، ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހެދުމަކީ ގެންގުޅޭ ތަސައްވުރެއް ކަމަށެވެ

ޖަމީލް އަކީ ކުރީގެ ސަރުކާރުތަކުގައި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.